ޚަބަރު ފީތާ

ބާރުތަށް ނިގުޅައިގަތީ ބާރުގެ ބޭނުންކޮށްގެން ކަމަށް މައުމޫން ވިދާޅުވެއްޖެ.

ފޮޓޯ:އަވަސްއެމްވީ

ޕީޕީއެމްގައި އޮތް އެޕާޓީގެ ރައީސް މައުމޫންގެ ބާރުތައް އަތުލައިގަތީ ބާރުގެ ބޭނުންކޮށްގެންކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރާއެކު މިއަދު ކުނޫޒުްގައި ބޭއްވި ބައްދަލުވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ވަކިވެފައިވާ ތިންބާރު މިހާރު ވަނީ އެކުވެފައި ކަމަށެވެ. އަދި އެ ތިންބާރު ވަކިކުރަން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް ޕާޓީގައި ހެދިފައި އޮންނަ ގަވާއިދުތަކަށް އިޙްތިރާމްކޮށް ހުރުމަތްތެރިކޮށް ހިތަން ޖެހޭކަމަށެވެ.

Rate this post