ޚަބަރު ފީތާ

ހަންޏާމީދޫ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ފަށައިފި

އދ. ހަންޏާމީދޫ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ނިންމާފަ އެވެ. އަދި 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާ، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މަގު ބައްތި ހަރުކޮށް، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މިއީ 32.2 މިލއަން ރުފިޔާގެ މަޝްރޫޢެކެވެ.