ލައިބްރަރީއެއް ހިމެނޭހެން މަނަދޫގައި “ބޯހުރާ ބަގީޗާ” ހުޅުވައިފި !

ލައިބްރަރީއެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރަމުންދާ ޕާރކެއް ނ. މަނަދޫގައި ހުޅުވައިފިއެވެ. މިއީ މަނަދޫ ރައްޔިތުންނަށާއި ޚާއްސަކޮށް ކުޑަކުދީންނަށް ހުޅުވާލާފައިވާ ޕާކެކެވެ. މި ޕާކު ހުޅުވާފައިވަނީ މިއަހަރުގެ ކުޑަ ޢީދު ދުވަސްކަމުގައިވާ އިއްޔެ (10 އޭޕްރީލް 2024) ވަނަ ދުވަހުގެ ހަވީރުއެވެ. މި ޕާކަށް ދީފައިވާ ނަމަކީ “ބޯހުރާ ބަގީޗާ” އެވެ.

މި ޕާކް ތައްޔާރުކޮށްފައި ވަނީ ކާޕެޓް އަޅައި ކުޑަކުދީންނަށް ރައްކާތެރިކަމާއި އެކު ދުވެލާ ކުޅެލާ ހެދޭނޭހެންނެވެ. ސްލައިޑަރ ފަދަ ކުޑަކުދީންގެ ޕާކުގައި ހުންނަ އެކި ވަސީލަތްތަކާއި އެކު ތައްޔާރުކޮށްފައިވާ މިޕާކުގައި އިށީންދެ ތިބޭނެ ސަރަޙައްދުތައްވެސް ވަނީ ޤާއިމްކޮށްފައެވެ.

އިޝްތިހާރު Below Header ad

ޕާކުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ، މިޕާކުގައި ކުޑަކުދީންނާއި ބޮޑަތި މީހުނަށްވެސް ކިޔޭނެ ފޮތްތަކާއި އެކު ލައިބްރަރީއެއް ޤާއިމްކޮށްފައި ވުމެވެ. މި ލައިބްރަރީގެ އެތެރޭގައި އިށީންދެ ތިބެގެންނާއި، ޕާކު ސަރަޙައްދުގައި އިށީނުމަށް ހަދާފައިވާ ތަންތަނުގައި ތިބެގެންވެސް ފޮތް ކިޔޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ފޮޓޯ ގެލެރީ: 

އިއްޔެ މިޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ ޢީދު ދުވަހުގެ ޚާއްސަ ކުޑަކުދިންގެ ހަވީރަކާއި އެކުއެވެ. މިޙަރަކާތުގައި ތުއްތުކުދީންނަށް ހަދިޔާ ދިނުމުގެ އިތުރުން، މަދަޙަ ކިޔުމާއި ޤުރުއާން ކިޔެވުމަށް ކުދީންނަށް ފުރުޞަތުދީ، ކުޅިވަރުތައް ކުޅުމަށް ކުދީންނަށް ޕާކު ވަނީ ހުޅުވާލާފައެވެ.

މިޙަރަކާތުގައި ވާހަކަ ދައްކަވަމުން މަނަދޫ ކައުންސިލްގެ ރައީސް ޞަބީޙް ވިދާޅުވީ، މިޕާކު އަދި އިތުރަށް ތަރައްޤީ ކުރާނެ ކަމަށާއި، މިގޮތުން ކުޑަކުދީންނަށް ރައްކާތެރި ގަސްގަހާގެހިވެސް އަދި ޕާކުގައި އިންދާ ހައްދާނެ ކަމުގައެވެ. މީގެ އިތުރުން ޕާކުގައިވާ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމާއި، ޕާކަށް ގަސް ހަދިޔާ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައިވެސް ޞަބީޙް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ތީ ދައްތަޔަށް ލާރިގަޑެއް ދޭންވެގެން ގަތްގަޑެއް. އިބޫ ސަރުކާރުން ހުރިހާ ސާމާނެއް ދިނީ. އެމްޓީސީސީން ތަން ސާފުކޮށް ތަނަށް ވެލި އަޅައިދިނީ. އާރުޑީސީން ކަރަންޓު. ދައްތައަށް ޕްރޮޖެކަޓް ދިނީ 4ލައްކަައަށް ހުޅުވީ ބޭބެ ކެމްޕޭނު ފޮތިދަމާ 3 ޖަހާފަ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.