ޢީދު ނަމާދު ފަށާނީ ހެނދުނު 7 ޖަހާއިރު. ގަޑިއަށް ދާންވާނެ!

ޒަމާންތަކެއް ކުރިން ފެށިގެންވެސް ދިވެހި ރާއްޖޭގައި ޢީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ. ނަމަވެސް މިއަހަރު މިވަނީ އެވަގުތު އަވަސްކޮށްފައެވެ.

ނަމަވެސް މި ކުޑަޢީދުން ފެށިގެން ރާއްޖޭގައި ދެން ޢީދު ނަމާދު ފަށާނީ ހެނދުނު 7:00 ގައެވެ. މިގޮތަށް ސަރުކާރުން ނިންމާފައި މިވަނީ މިއަހަރުއެވެ. ދީނީ ގޮތުން ބަލާއިރުވެސް ޢީދު ނަމާދު ކުރުން އެންމެ ރަނގަޅީ އިރު އެރުމަށް ފަހު ގާތްގަނޑަކަށް ވިއްސަކަށް މިނެޓަށް އިރު އެރުމުންނެވެ.

އިޝްތިހާރު Below Header ad

މީގެ ކުރިން ޢީދު ނަމާދު ކުރަމުން އައި ވަގުތަކީ ވަރަށް ލަސް ވަގުތެއް ކަމުން، އެވަގުތު ވެފައި ވަނީ ވަރަށް ހޫނު ގަދަ ވަގުތަކަށެވެ. މިކަމުގެ ސަބަބުން ޢާއްމުންނަށް ތަކުލީފު ބޮޑަށް އިޙްސާސް ވާން ފަށާފައި ވަނީ، މިސްކިތުގެ ބަދަލުގައި މައިދާނުގައި ޢީދު ނަމާދުބކުރަން ފެށުމުންނެވެ. ޢީދު ނަމާދު ކުރުން އޮންނަނީ ވިއްސާރަވުން ފަދަ ޙާލަތެއް މެދުވެރި ނުވާނަމަ މައިދާނުގައެވެ.

އެހެން ކަމުން ޢީދު ނަމާދުގެ ވަގުތު އަވަސް ކުރުމާއި ގުޅިގެން އެތައް ގޮތަކުން ފައިދާ ކުރާނެ ކަމުގައި ބެލެވެއެވެ.އެގޮތުން ޢީދު ނަމާދަށްފަހު ހެނދުނު ސަޔާއި، ޢާއިލީ ބައްދަލުވުންތަކާއި ޢީދު ސަލާން ގަލާން ކޮށްލުމަށްވެސް، މެންދުރު ވުމުގެ ކުރިން އިތުރު ވަގުތު ލިބިގެން ދިއުމާއި، ހޫނު ގަދަ ނުވަނީސް ޢީދު ނަމާދު ނިންމާލެވުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.