
ކޮވިޑުގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ދިނުމަށް ސްޕްރީމް ކޯޓުން އަންގައިފި
އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުވައި ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓަށް ދެ ވަކީލަކު ހުށަހަޅާފައިވާ ދައުވާ އަޑުއެހުމަށްފަހު ބުނެފައި ވަނީ ކުއްލި މަރުގައި މީހުންނަށް ބަދަލު ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް، ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންނަށް ބަދަލު ދިނުމަށެވެ.
ހަ ހަފްތާ ތެރޭގައި މިކަން ކުރުމަށާއި އަދި މަރުވެފައިވާ މީހުން މަރުވި ސަބަބުވެސް ސަރުކާރުން ރަސްމީ ލިޔުމެއްގައި އާއިލާތަކަށް ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން ބުނެފައިވަނީ މި ބަދަލު ދިނުމަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެފަރާތަށް މިކަން ނުކުރެވެނީނަމަ، އެއިދާރާއަށް އެފަރާތުގެ ޒިންމާ އަދާ ނުކުރެވެނީ ކަމަށެވެ.