ޚަބަރު ފީތާ

ފިލްމު ޕްރޮޑިއުޝަރު ރާޖް ކޮޝަލް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ

ބޮލީވުޑްގެ ފިލްމު ޕްރޮޑިއުޝަރު ރާޖް ކޮޝަލް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.

މަޝްހޫރު ފިލްމީތަރީ މަންދިރާ ބެޑީގެ ފިރިމީހާ ރާޖް ކޮޝަލް މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އޭނާ މަރުވީ ޢާއިލާއާ އެކު، ގޭގައި އުޅެނިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޭނާ މަރުވި އިރު ޢުމުރަކީ 49 އަހަރެވެ. އޭނާގެ ހަށިގަނޑު އަންދާލުމުގެ ކަންކަން މިއަދު ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އިންޑަސްޓްރީގެ މީހުންނާއި އެކުގައި ރާޖު އެންމެފަހުން ވަގުތު ހޭދަކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މަންދީރާ އާއި ރާޖް ކައިވެނީގެ ގޮށް ޖަހާފައިވާ އިރު، އެ ދެމީހުންގެ ދެ ކުދިން ތިބެ އެވެ.

ފިރިހެން ދަރިފުޅަށް ވީރު އަދި އަންހެން ދަރިފުޅު ތާރާ ބޭޑީ ކޮއުސަލް އެވެ. ތާރާ އަކީ މިދިޔަ އަހަރު އެމީހުން އެޑޮޕްކުރި ކުއްޖެކެވެ.

ޕިޔާރުމޭ ކަބި ކަބީ، ޝާދީ ކަ ލައްޑޫ އަދި އެންތަނީ ކޯންހޭ ފަދަ ފިލްމުތަކަކީ ރާޖު ޑައިރެކްޓު ކޮށްފައިވާ ފިލްމު ތަކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: