ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން އަޅަން ފަށައިފި
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން އަޅަން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 4,960 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ޤާއިމުކޮށް، 17,790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ޤާއިމުކުރާނެ ކަމަށެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ސަރވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށެވެ.
މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. މި މަޝްރޫއު ވަނީ އިފްތިތާހު ކޮށްފައިވަނީ ޖެހިގެން އައި އޮކްޓޯބަރު މަހު އެވެ.