ކޮން ބަހަނާއެއް ދައްކާކަށް، ގައުމު ހަލާކު ކުރުމުގެ ފުރިހަމަ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެ: ސުޖާއު

މިޤައުމު ހަލާކު ކުރުމުގެ ފުރިހަމަ ޒިންމާ އެމް.ޑީ.ޕީ ނަގަންޖެހޭނެ ކަމަށް މާލެ ސިޓީކައުންސިލްގެ ހުޅުމާލޭ ކައުންސިލު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީގެ ‘ޚަބަރަށްފަހު’ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރަށް ފިއްތުންތަކެއް ކުރިމަތިވެދާނެތީ ނުވަތަ ސަރުކާރު ވެއްޓިދާނެތީ، ބަހަނާއެއްގައި ފަސް އަހަރުގެ ދައުރެއް ނިންމާލެވޭކައް ނެތް ކަމަށެވެ.

އިޝްތިހާރު Below Header ad

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަންވެސް ކުރައްވާ މީކާއިލް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ، މި ވެރިކަން ހޯދުމަށް ރައްޔިތުންނަށް އޮޅުވާލާ، ދޮގު ހައްދަވަން އެންމެ ކުރީގައި ހުންނެވީ ޕާޓީ (އެމްޑީޕީ) ރައީސް ކަމަށެވެ.

“ކޮން ބަހަނާ އެއް ދައްކާކަށް؟މިޤައުމު ހަލާކުރުމުގެ ފުރިހަމަ ޒިންމާ އެމް.ޑީ.ޕީ ނަގަންޖެހޭނެ. މިވެރިކަމަކީ ވެސް ފޭރިގަނެގެން ހޯދި ވެރިކަމެއް. މީގެން ރެކެން ނޫޅޭ.” ޝުޖާއު ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ވަރަށްބޮޑު ތެދުފުޅެއް އެމްޑީޕީގެ އެހެން ބޭފުޅަކާ ތިކަންތަކާ މަތި ކުރާނެ އެއްވެސް ޖާގައެއް ނެއް

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.