ޚަބަރު ފީތާ

ވަރޗުއަލް ކަލިނަރީ ބެޓްލް މާދަމާ ފެށެނީ!

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ވާރޗުއަލް ކަލިނަރީ ބެޓްލް މާދަމާ ފެށުމަށް ނިންމައިފި އެވެ.

މިއީ ސަޕްލައި.އެމްވީ އިން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ފުޑް އެންޑް ބެވަރެޖް އެކްސްޕޯގެ ބައެކެވެ.

ކަލިނަރީ ބެޓްލްގައި ރާއްޖޭގެ އެކިރިސޯރޓުތަކުގެ ޝެފުން ވާދަކުރަނީ 4 ކެޓަގަރީއަކުން ނެވެ. އެއީ އެޕެޓައިޒަރސް، މެއިން ކޯރސް، މޯލްޑިވިއަން ފިއުޝަން އަދި ޑެސާރޓްސް އެވެ.

ސަޕްލައި އެމްވީ އިން ބުނީ މި މުބާރާތް މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ލައިވްކޮށް ބަލައިލެވޭނެ ކަމަށާއި މޮޅުވާ ޝެފުން ހޮވާނީ ވަރލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސްގެ ސަރޓިފައިޑް ފަނޑިޔާރުން ކަމަށެވެ. އަދި މޮޅުވާ ޝެފުންނަށް ސްޕޮންސަރުންގެ ފަރާތުން ޚާއްސަ އިނާމްތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.

ފުޑް އެންޑް ބެވަރެޖް އެކްސްޕޯ އަކީ މިއަހަރުގެ އެންމެ ބޮޑު ވަރޗުއަލް އިވެންޓެވެ. މިއެކްސްޕޯގައި އެޓެންޑީސްގެ ގޮތުގައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިވާ އިރު، އިވެންޓުގައި ވަރޗުއަލްކޮށް ޕްރޮޑަކްޓްތައް ދައްކާލުމާއި ކެއްކުމުގެ މުބާރާތާއި ތަޖްރިބާކާރުންގެ ޕެނަލް ޑިސްކަޝަނެއް ހިމެނެ އެވެ.

ސަޕްލައި.އެމްވީއަކީ އިންޓަރނެޓްގެ ޒަރިއްޔާއިން ހޯލްސޭލް ވިޔަފާރިކުރެވޭ ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމުން އޮންލައިން ސްޓޯރ، ވަރޗުއަލް އިވެންޓް އަދި ސޯސިންގ ޚިދުމަތްތަކުން މުދާ އެތެރެކުރާ ފަރާތްތަކާއި ރީޓެއިލް ވިޔަފާރިއާއި ފަރުތުވެރިކަމުގެ ދާއިރާގެ ކަސްޓަމަރުންނާއި ގުޅުވާލަ ދެއެވެ.

ސަޕްލައި އަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު “ބީ-ޓު-ބީ” އިޝްތިހާރަކުރާ ވަސީލަތެވެ. 200 ހޯލްސޭލަރުން އަދި 1800 އަށް ވުރެ ގިނަ ކަސްޓަމަރުން ސަޕްލައި ބޭނުން ކުރަމުން ދެއެވެ. އަދި 700 ބްރޭންޑެއްގެ 5000 އަށް ވުރެ ގިނަ ޕްރޮޑަކްޓު ދައްކާލާފައި ހުރެ އެވެ. ސަޕްލައި.އެމްވީ އަކީ މައިކްރޮސޮފްޓް ކުންފުނީގެ މައިކޮރޮސޮފްޓް ފޯ ސްޓާރޓްއަޕްސް ގެ މެމްބަރެކެވެ.

Like
Like Love Haha Wow Sad Angry