އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ޕީޖީ އިން އަނެއްކާ ވެސް އެދިއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ޕޮލިހުގައި އެދިއްޖެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދެއްވުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ޖިންސީ ކުށުގެ ތުހުމަތު ތަކެއް ކޮށް، ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ޕީޖީ އޮފީހުން އެދިފައި މިވަނީ، އޭނާއަށް ބޭސްފަރުވާ ކުރެއްވުމަށް ހަތަރު މަހުގެ މުހުލަތެއް ދިނުމަށްފަހު ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމަރެއް ނެރި އެ މުއްދަތު ހަމަވުމުން ނެވެ.

ތަފާތު އެކި މަސްދަރުތަކުން ބުނާ ގޮތުގައި އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ. އަދި އޭނާ ޝަރީއަތުގައި ބައިވެރި ވާނީ އެގަމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.

އަލީގެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެފައިވަނީ ދައުވާ ލިބޭ މީހަކު ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑެެތި ގޮންޖެހުންތަކެއް ހުންނާނޭ ކަމެއް ކަމަށެވެ.

އެއީ ޝަރީއަތް ކުރުމުގެ ނިޒާމާ އެއްކޮށް ހިނގާނެ ކަމެއް ކަމުން، އެފަދަ ކަންކަން ތަންފީޒު ކުރެވޭނެ ނިޒާމެއްވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ފުރައިވަޑައިގެންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ހަތަރު މަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ވަނީ މި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.