ޚަބަރު ފީތާ

އެމްޓީސީސީ ކަށަވަރު ވިޔަފާރި ޖުލައި 1 އަދި 3 ގައި ބަންދުވާނެ!

އެމްޓީސީސީ ކަށަވަރު ވިޔަފާރި ޖުލައި 1 އަދި 3 ވަނަ ދުވަހު ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެެވެ.

އެމްޓީސީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކަށަވަރު ވިޔަފާރި ބަންދުކުރަން ނިންމީ، އެމްޓީސީސީ ކަށަވަރު ވިޔަފާރީގެ މިއަހަރުގެ އަހަރު މެދުތެރޭ ސްޓޮކް ގުނުމުގެ މަަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެގޮތުން ޖުލައި 1 ވާ ބްރާސްފަތި ދުވަހާއި ޖުލައި 3 ވާ ހޮނިހިރު ދުވަހު އެ ވިޔަފާރި ބަންދު ވާނެ ކަަމަށް ވަނީ ބުނެފަ އެވެ. ޖުލައި ދެވަނަ ދުވަހަކީ ހުކުރު ދުވަސް ކަމަށް ވާތީ، އެ ދުވަހަކީ އެތަނުގެ ވިޔަފާރި ބަންދު ދުވަހެކެވެ.

އެމްޓީސީސީން ބުނީ ޖުލައި 4 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް ވިޔަފާރި ކުރިއަށްދާނެ ކަމަށެވެ.

Like
Like Love Haha Wow Sad Angry