އަލީ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރުގެ ގޭގައެއް ނޫން، ދޮގު ޚަބަރު ނުފަތުރާ: ފަރަހްނާޒް

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ކޮމިޝަނަރުގެ ގޭގައި ނޫން ކަމަށްއިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަޙްނާޒް ފައިޞަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފަރަހްނާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދު، ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގޭގައި އުޅުއްވާކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހަކުން ފަތުރާފައިވަނީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދައިން ޚަބަރު ފަތުރާފައިވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި އެމްބަސީގެ އަގުވައްޓާލައި، ބަދުނާމުކުރުމަށް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައިގަ ދައުވާ އުފުލާފައި ވަނިކޮށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބޭސްފަރުވާއަށް ދެމަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ވެސް އޭނާ  ރާއްޖެ ވަޑައިނުގަންނަވަ އެވެ.

އެހެންކަމުން އޭނާ އެދިވަޑައިގެންނެވުމުން އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތްތައް ވަނީ ފަށާފަ އެވެ.

ރާއްޖޭގެ ހައި ކޮމިޝަނުން އެފަދަ އިންތިޒާމެއް ފޮރިން މިނިސްޓްރީ މެދުވެރި ވެގެން ހަމަޖައްސައި ދީފައިވާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުން ނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.