ޕީޕީއެމް އޮފީސް ކައިރީގައި މިހާރު ވެރިކަން ކުރާ ޕާޓީ ރައީސް ޔާމީންގެ ފެކްޝަން ސަޕޯޓަރުންނާއި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުގެ ސަޕޯޓަރުންގެ މެދުގައި ކޮންމެވެެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.
މިއަދު އެ ޕާޓީގެ އޮފީހަށް ވަނުމަށް މަސައްކަތްކުރެއްވި ޔާމީން ގެ ފެކްޝަންގެ ބައެއް ފަރާތްތައްކަށް މައުމޫން ފެކްޝަނުން ވަނީ ހުރަސް އަޅާފަކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރު ދުއް ބައެއް ފަރާތްތަކުން މައުލޫމާތު ދިންގޮތުގައި ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން އެ ޕީޕީއެމް އޮފީހަށް ވަނުމަށް ހުރަސްއެޅި ފަރާތްތަކުގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންއާއި އޭނާގެ ފިރިކަލުން ނަދީމް ވެސް ހިމެނެއެވެ.
ޕީޕީއެމް ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން އެޕާޓީ އޮފީހައް ވަންނަން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އެޅި ބޭފުޅުންގެ ތެރޭގައި ދުންޔާ މައުމޫން ހިމެނޭއިރު އެކަމަނާ ވިދާޅުވީ ޕާޓީ އޮފީހަށް ވަންނަންއައި ބަޔަކު އައީ ކޯޓުއަމުރެއް ނެތިކަމަށާއި އެހެން ކަމުން ހުއްޓުވީކަމަށެވެ.
އަދި މީގެއިތުރުން އެ ސަރަހައްދުގައި ފުލުހުން ތިއްބާ ޕީޕީއެމް އޮފީހުގެ ބޭރު ގޭޓުގައި އަޅުވާފައި އޮތް ތަޅު ކީހާލައިގެން އެތަނަށް ބަޔަކަށް ވަދެވިގެން ނުވާނެ ކަމަށާއި ޕިޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެތަނަށް ވައްދާފައި ހުރި ބައެއް ތަކެތި އެ ތަނުގެ ތެރޭގައި ހުންނާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
އެހެން ކަމުން އެ ތަކެތި އޭގެ ވެރިފަރާތަށް ހަވާލުކޮށްދޭން ޖެހޭ ކަމަށާއި އެތަނަށް އިތުރު ބަޔަކު ވަދެގެން އެތަކެއްޗަށް ވާ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ހަވާލުވެތިބި ބަޔަކުކަމުގައިވެސް ދުންޔާ ވިދާޅުވިއެވެ.
އެހެން ކަމުން އެފުރުސަތު ދެވެން ނެއްކަމަށްވެސް ދުންޔާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ޕީޕީއެމްގެ ލިޔެކިޔުންތަކާއި ހަރުމުދާ ހަވާލުކުރުމަށް ކޯޓުން އަމުރެއްނެރެފައި ނުވާކަމަށެވެ.