ކޮޕަ އެމެރިކާ: ޕެރަގުއޭ ބަލިކޮށް އާޖެންޓީނާ ގްރޫޕްގެ އެއްވަނައަށް

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ރޭ ފަތިހު ޕެރަގުއޭއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް އާޖެންޓީނާއިން ގްރޫޕްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ރޭ ފަތިހު ޕެރަގުއޭއާއި ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 0-1 ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ރޭ ފަތިހު ކުޅުނު މި މެޗުގައި އާޖެންޓީނާ އިން ޕެރަގުއޭ ކޮޅަށް ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗްގެ 10 ވަނަ މިނެޓްގައި އެންހަލް ޑި މަރިއާ ދިން ބޯޅައަކުން ސެވިއްޔާ އަށް ކުޅެމުން އަންނަ އަލެޖަންޑްރޯ ގޯމޭޒް އެވެ.

ރޭ ދަންވަރު ވެސް މި މުބާރާތުގެ މެޗެއް ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލުކުރީ ޗިލީއާއި އުރުގުއޭ އެވެ. މިއީ ވެސް ގުރޫޕް ބީގެ މެޗެކެވެ. މި މެޗު ކުޅެފައިވަނީ އާޖެންޓީނާ އާއި ޕެރަގުއޭ ބައްދަލުކުރުމުގެ ކުރިންނެވެ. ޗިލީއާއި އުރުގުއޭ ބައްދަލުކުރި މި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާތަކަށްފަހު ގުރޫޕް އޭގެ އެއްވަނަގައި ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއި އެކު އޮތީ އާޖެންޓީނާއެވެ. ގުރޫޕްގެ ދެވަނާގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއި އެކު އޮތީ ޗިލީއެވެ.  މި ދެޓީމަށްވުރެ އެއް މެޗް މަދުން ކުޅެގެން ތިން ޕޮއިންޓް ހޯދައިފައިވާ ޕެރަގުއޭ ތިން ވަނައިގައި އޮތް އިރު ހަތަރުވަނައިގައި އެންމެ ޕޮއިންޓަކާ އެކު އޮތީ އުރުގުއޭ އެވެ. ފަސް ޓީމް ހިމެނޭ ގްރޫޕްގެ އެންމެ ފުލުގައި އޮތީ  ދެ މެޗް ކުޅެގެން ޕޮއިންޓެއް ނުލިބި އޮތް ބޮލީވިއާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.