ޚަބަރު ފީތާ

ށ. ފޯކައިދޫގައި ކުނި މެނޭޖުކުރުން އެރަށު ކައުންސިލުން ފަށައިފި

ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ މި މަޝްރޫޢަށް ހުރިހާ ޚަރަދެއް ކޮށްފައިވަނީ ފޯކައިދޫ ކައުންސިލުންނެވެ.

ފޯކައިދޫ ކައުންސިލުން ބުނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ގޭބިސިތަކުގައި އުފެދޭ ކުނި ނަގައި އުކާލާނެ ކަމަށާއި ހުކުރު ދުވަހު ނަގާނީ ހަމައެކަނި ކުނިވާޒާތުގެ ކުނި އެކަނިކަމަށެވެ. އަދި މީހުން ނޫޅޭ ފަޅު ގޯތިތަކުން ހަފްތާއަކު އެއްދުވަހު ކުނި ނަގައި އުކާލާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ނަގައިގެން ކުރާ  މި މަސައްކަތަށް ފީއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކުން މަހަކު 100 ރުފިޔާ ނަގާ އިރު، ފަޅު ގޯތިތަކުން ނަގާނީ މަހަކު 75 ރުފިޔާ އެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހޮވާ އެންމެ ހިންގުންތެރި ކައުންސިލުގެ އެވޯޑް ލިބިފައިވާ ފޯކައިދޫ ކައުންސިލުން ބުނީ ކުނިން ކާދު ހެދުމަށްފަހު ކާދު ވިއްކުމަށް ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް ފުރަތަމަ ހަދާ ކާދު ވިއްކުމުގެ ބަދަލުގައި ރައްޔިތުންނަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ.

 

Rate this post