ސުޝާންތުގެ ގޭގައި ކުއްޔަށް އުޅެން ބޭނުންތަ؟

ބޮލީވުޑުގެ ތަރި ސުޝާންތު ސިންގ ރާޖްޕުތުގެ ގެ ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ބަންދްރާގައި މޫދު ފެންނަ ގޮތަށް ހުންނަ މި އެޕާޓްމަންޓު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އިޝްތިހާރު Below Header ad

މިއީ މޫދު ފެންނަގޮތަށް ހުންނަ ގެއަކަށް ވާތީ، ކޮވިޑު ކޭސްތައް މަދުވުމުން ނުވަތަ ކޮވިޑު ކޮންޓްރޯލު ވުމުން މި ގެ ކުއްޔަށް ހިފަން ބޭނުންވާ މީހުން އިތުރުވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

sushant singh home 1

މި އެޕާޓްމަންޓު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު 4 ލައްކަ އިންޑިއަން ރުޕީސް އަށެވެ.

45.5 ލައްކަ ރުޕީސް ދައްކައިގެން މި އެޕާޓްމެންޓުގައި އުޅުނީ ސުޝާންތުއާއި އޭނާގެ ރޫމްމޭޓާއި ލޯބިވެރިޔާ ރީއާ ޗަކްރަބަތީ އެވެ.

މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ސުޝާންތު މަރުވެފައިވާ އިރު، މުމްބައި ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަަށެވެ.

އެހެން ނަމަވެސް އެ ކޭސް ސެންޓްރަލް ބިއުރޯއޮފް އިންވެސްޓިގޭޝަނާ ހަވާލުކޮށް، ނާކޯޓިކްސް ކޮންޓްރޯލް ބިއުރޯއިން މިހާރުވެސްދަނީ މި މައްސަލަ ބަލަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.