ޔޫރޯ 2020: މިރޭގެ މެޗުގައި ރޮނާލްޑޯއަށް ހާއްސަ ސަމާލުކަމެއް ދޭނަން: ޖަރުމަން ކޯޗު ލޯ

މިރޭގެ މެޗަކީ ވަރުގަދަ ހަނގުރާމައެއް ކަމަށާއި މިހަނގުރާމައިން ކާމިޔާބު ހޯދަން ކުރަން ޖެހުނު ހަމަ ކޮންމެކަމެއް ވެސް ކުރަން ތައްޔާރަށް ހުރިހަމަށް ޖަރުމަންގެ ކޯޗު ޖޯކިމް ލޯ ބުނެފިއެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޖަރުމަންގެ ކޯޗު ޖޯކިމް ލޯ ބުނީ މިރޭ އިދިކޮޅު ޓީމުގެ އެންމެ ބާރުގަދަ ހަތިޔާރަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި ރޮނާލްޑޯއަށް ވަރަށް ހާއްސަ ސަމާލުކަމެއް މިރޭގެ މެޗުގައި ދޭނެކަމަށެވެ.

އިޝްތިހާރު Below Header ad

ޖަރުމަން ކޯޗު ބުނީ ރޮނާލްޑޯ އަކީ ދަނޑުމަތީގައި ޖާދޫދައްކާ އިދިކޮޅު ޓީމުތައް މޮޔަކޮށްލާ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެން ކަމުން ރޮނާލްޑޯ ދަނޑުމަތީގައި ދައްކާ ޖާދޫ ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވާނެ ކަމަށެވެ.

” މިރޭ ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ހާއްސަ ސަމާލުކަމެއް ދޭނަން. އަދި އޭނާ ދަނޑުމަތީ ދައްކާ ޖާދޫ ހުއްޓުވަން މަސައްކަތް ކުރާނަން.” ޖަރުމަން ކޯޗު ޖޯކިން މޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ ހަންގޭރީއާއި ދެކޮޅަށް ކުޚުނު ގުރޫޕް ސްޓޭޖުގެ މެޗުގައި ދެ ލަނޑު ޖަހާފައެވެ. މަރުގެ ގްރޫޕުގެ ގޮތުގައި ފާހަގަކޮށްލެވޭ ގްރޫޕް އެފްގައި ޖަރުމަން އަދި ޕޯޗުގަލް މިރޭ  ކުރިމަތިލާއިރު މިއީ މި ދެ ޓީމުންވެސް ކުޚޭ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗެވެ.

ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ހަންގޭރީ 3-0 އިން ބަލިކޮށްފައެވެ. އަދި ޖަރުމަން ވަނީ 1-0 އިން ފްރާންސް އަތުން ބަލިވެފައެވެ. އެހެންކަމުން މި މެޗަކީ ޖަރުމަނަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

މި މެޗުން ބަލިވެއްޖެ ނަމަ އެ ޓީމަށް ދެވަނަބުރަށް ދިއުމުގެ ފުރުސަރު ގާތްގަނޑަކަށް ގެއްލުނީއެވެ. މިރޭގެ މެޗުން ޕޯޗުގަލް މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވީއެވެ. ނަމަވެސް މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޕޯޗުގަލް ޖެހޭނީ ފްރާންސްއާއި ބައްދަލުކުރާ މެޗަށް އިންތިޒާރު ކުރާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.