
މ.ކާނިމާގެގައި ރޯވި އަލިފާން، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
މާފަންނު ކާނިމާގެ، 4ވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 16:50 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ރޯވި އަލިފާން 17:27 ހާއިރު ވަނީ ނިއްވާލެވިފައެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައެވެ. މި ހާދިސާއާ ގުޅިގެން 4 މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.



