ބީއެމްއެލް އިން މި މަހުގެ 24 އާ ހަމައަށް ޚިދުމަތް ދޭނީ އޮންލައިންކޮށް!

ބޭންކް އޮފް މޯލްޑިވްސ (ބީއެމްއެލް) އިންް މި ޖޫން މަހުގެ 24 ވަނަ ދަުވަހާއި ހަމައަށް ޚިދުމަތް ދޭ ގަޑިތައް އިޢުލާން ކޮށްފި އެވެ.

އެ ބޭންކުން ބުނީ މިގޮތަށް ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިޢުލާނާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްދިނުމަށްޓަކައި ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން މި މުއްދަތުގައި ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ބަންދުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހުޅުވާނެ ކަމަށެވެ.

އެގޮތުން ހުޅުމާލެ ބްރާންޗު ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ނިންމާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން  ބުނީ އޭޓީއެމް މެދުވެރިކޮށް ޢާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމުގެ ގޮތުން ހުކުރު، ހޮނިހިރު ފިޔަވައި، އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ޚިދުމަތްދިނުމާއި އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނީ އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ޚިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.