ޗައިނާ އިން އުދުއްސާލި ޖައްވީ އުޅަނދު މަންޒިލަށް ހިނގައްޖެ

ޗައިނާ އިން އުދުއްސާލި ޖައްވީ އުޅަނދު މަންޒިލަށް ހިނގައްޖެ އެވެ.

އެ އުޅަނދު މަންޒިލަށް ދިޔައީ 6 ގަޑި އިރުގެ ދަތުރަކަށް ފަހު އެވެ.

އިޝްތިހާރު Below Header ad

ތިންފަޅުވެރިންނާއެކު ދިޔަ މި އުޅަނދު 3 މަސް ދުވަސް ވަންދެން ޖައްވުގައި މަޑުކުރާނެ އެވެ.

މިއީ ޗައިނާއިން ފުރަތަމަ ފަހަރަށް ޗައިނާގެ ޖައްވީ ސްޓޭޝަނަށް ފަޅުވެރިން ފޮނުވި ފުރަތަމަ ފަހަރެވެ. މި ދަތުރުގައި ބައިވެރިވަނީ ޢުމުރުން 56 އަހަރާއި 54 އަހަރާއި 45 އަހަރުގެ ތިން ފިރިހެނުން ނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަންހެން ފަޅުވެރިން ވެސް ސްޓޭޝަނަށް ފޮނުވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޗައިނާ އިން ބުނެ އެވެ.

ޖައްވީ ސްޓޭޝަނުގައި މިހާރުތިބި މިމީހުންގެ މަސައްކަތަކަށް ވާނީ ބައެއް މަރާމާތުތައް ކުރުމާއި އަންނަ އަހަރު ގެންނަން ހަމަޖެހިފައިވާ ދެ ލެބޯޓްރީ މޮޑިއުލް ގެނައުމާ ގުޅޭ ތައްޔާރީތައް ކުރުމެވެ.

މިއީ އެމެރިކާ، ރޫސީވިލާތް އަދި ރަޝިޔާއަށް ފަހު ތިން ވަނައަށް މިފަދަ ކާމިޔާބީއެއް ޙާސިލުކުރި ގައުމެވެ.

ޗައިނާއަކީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ބައިވެރިއެއް ނޫނެވެ. އެމެރިކާއިން ވަނީ ޗައިނާ ބައިވެރިކުރުމާ ދެކޮޅު ހަދާފަ އެވެ.

ޗައިނާ ދަނީ ރަޝިޔާއެކު ޖައްވީ ރޮނގުން ގުޅުން ބަދަހި ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.