ކަސްޓަމަރުންނަށް މުހިންމު ފީޗަރތަކާއެކު ބީއެމްއެލް މޮބައިލް އެޕްލިކޭޝަނަށް ބަދަލުތަކެއް ގެންނަނީ!

ކަސްޓަމަރުންނަށް މުހިންމު ފީޗަރތަކާއެކު ބީއެމްއެލް މޮބައިލް އެޕްލިކޭޝަނަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އައު ޚިދުމަތްތަކަކާއެކު މި އެޕްލިކޭޝަން ވަރަށް އަވަހަށް ތަޢާރަފް ކުރާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދާ މުހިންމު މަސައްކަތެއް.” ބީއެމްއެލް އިން ބުންޏެވެ.

މި ބަދަލުތަކާއެކު މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ހޯދޭނެ ކަމަށާއި ކަސްޓަމަރުން ބޭނުންވާ ފަދަ މުހިންމު ބަދަލުތަކެއް މި އެޕްލިކޭޝަންގައި މިފަހަރު ހިމަނާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ޚިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ޚިދުމަތް ދިނުން ކަމަށެވެ. އަދި ކަސްޓަމަރުން ކޮންމެތާކު ހުރެގެންވެސް ބޭންކިންގ ޚިދުމަތް ހޯދެނޭގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.

ބީއެމްއެލް އިން މޮބައިލް ބޭންކިންގ ތަޢާރަފްކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.