ޚަބަރު ފީތާ

ޔޫރޯ 2020: ޖަރުމަން ފްރާންސްގެ އަތްދަށުވެއް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ރޭ ޖަރުމަންއާއި ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވެއްޖެއެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗު ފްރާންސް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 20 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ ޖަރުމަނުގެ މެޓްސް ހަމެލްސް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ފައިގަ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑާއެކު ޖަރުމަނުން އެ ޓީމުގެ ކުޅުން ވަރުގަދަ ކުރިއެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޖަރުމަނުގެ ފޯވާޑް ތޯމަސް މުލާއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އިލްކާއި ގުންޑޮގާނަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ އޭރިއާ ތެރެއިން ހުހަށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ފްރާންސް އިން ނިންމާލީ ލީޑުގައި އޮވެގެންނެވެ.

ފަހު ހާފުގައިވެސް ދެ ޓީމަށްވެސް ލަނޑުޖަހަން ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް އެއްވެސް ޓީމަކަށް މިހާފުގައި ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

މި މެޗުން ފްރާންސް މޮޅުވިއިރު، މި ގްރޫޕްގެ ފުރަތަމަ މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާއި ހަންގޭރީ ވަނީ ބައްދަލުކޮށްފައެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޕޯޗުގަލްއިންނެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: