ސެލޫން އަދި ބޯކޮށާ ތަންތަން އެޗްޕީއޭގެ މިންގަނޑުތަކަށް ފައްތައިގެން ހުުޅުވުމުގެ ހުއްދަ ދެނީ!
ސެލޫން އަދި ބޯކޮށާ ތަންތަން އެޗްޕީއޭގެ މިންގަނޑުތަކަށް ފައްތައިގެން ހުުޅުވުމުގެ ހުއްދަ ދިނުމަށް ނިންމައިފި އެވެ.
އެޗްޕީއޭ އިން މިގޮތަށް ނިންމާފައިވަނީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ނެވެ.
ސެލޫންތައް ހުޅުވައިގެން ޚިދުމަތް ދޭގޮތަށް ހުއްދަ ދޭން ނިންމާފައިވާ ވީނަމަވެސް އެ ހުއްދަ ދެވޭނީ އެތަންތަން ހިންގާ ގޮތުގެ ސަރވިސް ޕްލޭނެއް އެޗްޕީއޭއަށް ހުށަހެޅުމުން ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.
އެ ސަރވިސް ޕްލޭން ބެލުމަށް ފަހު، ހުއްދަ ދެވޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭނީ ހެނދުނު 8 އިން ހަވީރު 4 އަށް ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.
މާދަމާއިން ފެށިގެން ސެލޫން ހިންގަން ހުއްދަ ލިބޭ ތަންތަނަށް ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދެވޭނެ އެވެ. އަދި ހެނދުނު 8 އިން ހަވީރު 4 އަށް ޚިދުމަތް ދޭ ގޮތަށް ހުއްދަ ދޭ ތަންތަން ހިންގުމުގެ ފިޔަވަޅު ކުރިއަށް އޮތް ދެ ހަފްތާއަށް ދަމަހައްޓަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެޗްޕީއޭއިން މިހާރުވަނީ މާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ކާފިއު ވަގުތު ވެސް ހަވީރު 4 އިން ފަތިހު 4 އަށް ބަދަލުކޮށްފަ އެވެ.
މި ލުއިތައް ދިނުމަށް ސަރުކާރުން ނިންމީ މި މަހުގެ ކޭސްތައް ރިޕޯޓްކުރާ ޢަދަދު ދަށަށް ދިއުމުންނެވެ. އިއްޔެ 372 ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައިވާ އިރު މިހާރު އެކްޓިވް ކޭސް އުޅޭނީ 8700 ގަ އެވެ.
ބޯކޮށާ ތަންތަނާއި ސެލޫންތަކުން އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ދިނުމަށް ހުއްދަ ހޯދުމަށް އަމަލު ކުރަން ޖެހޭ ގޮތް: https://t.co/iXi84FrsaG
— Health Protection Agency (@HPA_MV) June 15, 2021