ޚަބަރު ފީތާ

އެންމެން ބިރުފަހަނައަޅާ ދިއުމަށް މައުމޫން ފެކްޝަނަށް ނިސްބަތް ވާ ލޯޔަރު ވައްޑެ ގޮވާލައިފި

ފޮޓޯ:ވަގުތުއެމްވީ

އެންމެން ބިރުފަހަނައަޅާ ދިއުމަށް ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އިބްރާހިމް( ލޯޔަރު ވައްޑެ ) ގޮވާލައިފިއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މިއަދު މީގެ ކުޑައިރުކޮޅެއް ކުރިން މައުމޫން ފެކްޝަންގެ ޕީޖީ ގްރޫޕްއިން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިހެން ގޮވާލަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އިބްރާހިމް (ލޯޔަރު ވައްޑެ)  ވިދާޅުވީ މިވަގުތަކީ ހުރިހާ މިނިވަން މުއައްސަސާތަކުގެ ވެރިންވެސް ބިރު ފަހަނައަޅާ ދާންހެޖޭ ވަގުތުކަމަށާއި އެހެން ކަމުން މި ހުރިހާފަރާތްތަކަށްވެސް ބިރުފަހަނަ އަޅާދިއުމަށް އެދިވަޑައިގަންނަވާކަަމަށެވެ.

މަޖިލީސް ތެރެއިންވެސް އެއްވެސް މިނިވަން މުއައްސަސާއެއްގެ މެމްބަރަކާއި ކުޅުމުގެ ފުރުސަތެއް ދެން ރައީސް ޔާމީންއަށް ނުދެއްވާނެކަަމަށްވެސް ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ހައްގަށް ނަސްރު ލިބޭނެކަމަށާއި އެއީ ޝައްކެއްވެސް ނެއްކަމެއްކަމަށެވެ. އަދި ހައްޤަށް ނަސްރުދެއްވަނީ މާތް ﷲ ތައާލާ ކަމަށާއި އެހެން ކަމުން ޖެހިލުންވާންވީ އެއްވެސްކަމެއް ނެއްކަމަށެވެ.

އަދި ޖުޑިޝިއަރީ އާ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ދިފާއުގައި ތިއްބަވާނެކަމަށްވެސް ތުލުސްދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދުގެ އިބްރާހިމް( ލޯޔަރު ވައްޑެ) ވިދާޅުވިއެވެ.

Rate this post