ކޮޕަ އެމެރިކާ 2021: އެކުއެޑޯގެ މައްޗަށް ކޮލަމްބިއާ ކުރި ހޯދައިފި

ދެކުނު އެމެރިކާގެ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޯޅަ މުބާރާތް ރޭ ފަށާފައިވާއިރު، ގުރޫޕް ބީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކޮލަމްބިއާ އާއި އެކުއެޑޯ އެވެ.

މިއަދު ކުޅުނު މި މެޗުން އެކުއެޑޯގެ މައްޗަށް ކޮލަމްބިއާ ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ކޮލަމްބިއާއިން ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދަނިކޮށް މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑްވިން ކާޑޯނާއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ކޮލަމްބިއާއި ނިންމާލިއިރު، ދެވަނަ ހާފުގައިވެސް އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ގިނަ ހަމަލާތަކެއް އެކުއެޑޯގެ ގޯލަށް އަމާޒުކޮށް ފޮނުވާލިއިރު، މީގެ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އެކުއެޑޯގެ ގޯލް ކީޕަރު ޕެޓްރޯ އޯޓިޒްއެވެ. މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި އޮވެއެވެ.

ކޮލަމްބިއާ އަދި އެކުއެޑޯ ހިމެނީ ގުރޫޕް ބީގައެވެ. މީގެ އިތުރުން އެ ގުރޫޕުގައި ދެން ހިމެނެނީ ބްރަޒިލް އާއި ވެނެޒުއެލާއެވެ. ވެނެޒުއެލާގެ މައްޗަށް ބެރެޒިލް ރޭ ކުޅުނު މެޗުން ކުރި ހޯދާފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

މިރޭ ވެސް މި މުބާރާތުގެ ފޯރިގަދަ ދެ މެޗު ކުޅޭނެ އެވެ. މިރޭ ކުޅޭނީ ގުރޫޕް އޭގެ ދެމެޗެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން ދަންވަރު 2 ޖަހާއިރު އާޖެންޓީނާ އަދި ޗިލީ ބައްދަލުކުރާ މެޗު ކުޅޭއިރު ފަތިހު 5 ޖަހާއިރު ޕެރަގުއޭ އަދި ބޮލީވިއާ ބައްދަލުކުރާ މެޗު ކުޅޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.