ޚަބަރު ފީތާ

ޔޫރޯ 2020: ނޯތު މެސެޑޯނިއާ އަތުން އޮސްޓްރިއާ މޮޅުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގެ ގްރޫޕް ސީ ގެ ފުރަތަމަ މެޗުގައި ނޯތު މެސެޑޯނިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އޮސްޓްރިއާ މޮޅުވެއްޖެއެވެ.

ރޭ ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މި މެޗުން އޮސްޓްރިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ 18 ވަނަ މިނެޓުގި އޮސްޓްރިއާއިންނެވެ. އޮސްޓްރިއާ އަށް މި ލަނޑު ކާމިޔާބުކޮށްދިބީ ސަބިޓްޒާގެ އެހީތެރިކަމާއެކު ކޮންރަޑް ލައިމާއެވެ.

އޮސްޓްރިއާއިން މެޗުގެ ލޯޑު ނެގުމާއި އެކު ނޯތު މެސެޑޯނިއާއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރިގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އޮސްޓްރިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ގޯރަން ޕާންޑޭވްއެވެ.

ދެޓީމުން އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، އޮސްޓްރިއާއިން މެޗުގެ ދެވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އޮސްޓްރިއާއަށް ޖަހައިދިނީ މިކައެލް ގްރެގޮރިޗްއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާކޯ އަނައުޓޮވިޗް ވަނީ އިތުރު ލަނޑެއް ޖަހާ އޮސްޓްރިއާއަށް ލީޑު ފުޅާކޮށްދީފައެވެ.

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޔޫރޯ 2020: ނޯތު މެސެޑޯނިއާ އަތުން އޮސްޓްރިއާ މޮޅުވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.