ޔޫރޯ 2020: އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށްފި

މިހާރު ކުރިޔަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްރޮއޭޝިއާގެ މައްޗަށް އިންގްލެންޑް އިން ކުރި ހޯދައިފިއެވެ.

ގުރޫޕް ޑީގައި ހިމެނޭ ކްރޮއޭޝިއާ އަދި އިންގްލެންޑް ބައްދަލު ކުރި މި މެޗު އިންގްލެންޑްއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އިނގެރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން މޮޅަށް ކުޅެމުން އައީ އިންގްލެންޑުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ފޯޑެން ފޮނުވާލި ހަމަލާއެއް ކްރޮއޭޝިއާގެ ގޯލުގެ އަރިމަތީ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި އިންގްލެންޑުން ކާމިޔާބުކުރިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ޕިލިޕްސްގެ އެހީތެރިކަމާއި އެކު ރަހީމް ސްޓާލިންއެވެ. މި ލަނޑަށް ފަހު ކަރޮއޭޝިއާއިން ނަތީޖާ ބަދަލު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރިނަމަވެސް ނަތީޖާ ބަދަލުކުރެވޭގޮތް ވަނީ ނުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.