ޚަބަރު ފީތާ

ސޮނީ ސްޕޯޓްސްގެ ރަން ފޮރ ޗެރިޓީ ނޮވެމްބަރު 4ގައި…

ސޮނީ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަން ފޮރ ޗެރިޓީ އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

ސޮނީ ސްޕޯޓްސް އިން ޢާންމުކޮށްފައިވާ ޕޯސްޓަރުގައިވާ ގޮތުން މި ޗެރިޓީ ދުވުން އޮންނާނީ ނޮވެމްބަރު މަހުގެ 4 އިން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީއަށް ފައިސާ ހޯދައިދިނުމަށާއި ތެލަސީމިއާއަށް ހޭލުންތެރި ކުރުވުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ދުވުން މި އަހަރުވެސް އޮންނާނީ ހަވީރު 17:00 ން 20:00އަށް މާލޭ ކުޅިވަރު އެކުވެނީގައި އޮންނަ ދުވާ ޓްރެކުގައެވެ.

މި ހަރަކާތުގައި ބައިވެރިވާ ނުވަތަ ދުވާ ދުވުންތެރިން ވަކި ޢަދަދަކަށް ދުވަން މަޖުބޫރު ނުވާ އިރު، ކޮންމެ ދުވަހެއްގައިވެސް ވަކި ވަރަކަށް ދުވުމުގެ ފުރުޞަތު އޮވެއެވެ. އަދި ޓްރެކް ވަށާ ޖަހާ ކޮންމެ ބުރަކަށް =/5 ރުފިޔާ ސްނީ ސްޕޯޓްސްގެ ފަރާތުން ތެލަސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރެއެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ސޮނީ ސްޕޯޓްސް އިން ވިއްކާ ބްރޭޏްޑްތަކުގެ ޓެނިހުގައި ދުވެ، އަޖުމަ ބަލައިލުމަށްވެސް ފުރުޞަތާއި އެ ފިހާރައިން ވިއްކާ ބްރޭންޑްތަކުގެ ޓެނިސް ޑިސްކައުންޓުތަކާއެކު ގަތުމުގެ ފުރުޞަތުވެސް އޮވެއެވެ.

އަދި ތަފާތު އެހެނިހެން ގޮތްގޮތުންވެސް މި އިވެންޓު ހިނގަމުންދާ އިރު، ތެލަސީމިއާ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތުވެސް މިދިޔަ އަހަރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސެލްފީ ނަގައި، ޕޯސްޓު ކުރުމުންވެސް އެހީވެވޭނެ ފުރުޞަތު ފާހަގަކޮށްލެވެއެވެ.

ފައިބެއަހަރު ބޭއްވި މި ދުވުމަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އިރު، އޭގެ ތެރޭގައި އެކި ޢުމުރުފުރައިގެ މީހުން ވަނީ ބައިވެރިވެފައެވެ.

 

Rate this post