ކޮމެޑީ ފެކްޓަރ ގެ ނަމުގައި ޒީ ޗެނަލުން ކޮމެޑީ ރިއަލިޓީ ޝޯވ އެއް ފަށަނީ

ކޮމެޑީ ފެކްޓަރ ގެ ނަމުގައި ޒީ އިން ކޮމެޑީ ޝޯވ އެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އުޅެމުންދާ މި ދަނޑިވަޅުގައި އިންޑިއާގެ ގިނަ ޓީވީ ޗެނަލްތަކުން މިދުވަސްވަރު އަންނަނީ ތަފާތު އައު ޝޯވތައް ފަށާ، ގޭގައި މީހުން ބައިތިއްބައިގެން މުނިފޫހި ފިލުވުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ނެވެ.

އިޝްތިހާރު Below Header ad

އެގޮތުން ގިނަ ބަޔަކަށް އެންމެކަމުދާ ޝޯވތަކަކީ ކޮމެޑީ، ނެށުން އަދި ލަވަ ކިޔުމުގެ ހުނަރުވެރި ޝޯވތައް ކަމަށްވާތީ، އިންޑިއާގެ އެކި ޗެނެލްތަކުން އަންނަނީ މިފަދަ ޝޯވތައް ރާވާ، ހިންގަމުން ނެވެ.

ޒީ ޗެނަލުން ގެނެސްދޭ ކޮމެޑީ ރިއަލިޓީ ޝޯވ “ކޮމެޑީ ފެކްޓަރ” ފެށުމަށް ނިންމާފައިވަނީ މި ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭގަނޑު 10 ޖަހާއިރު ގެނެސްދޭ މި ޝޯވ 15 ހަފްތާއަށް ދިގުދެމިގެންދާނެ ކަމަށް ބުނެފައި ވެއެވެ. އަދި މި ޝޯވގެ 30 އެޕިސޯޑް ދެއްކުމަށްވަނީ ހަމަޖެހިފަ އެވެ.

ޒީ ޗެނަލުން ބުނެފައިވާ ގޮތުގައި ޝޯވގެ ކޮންސެޕްޓަކީ ކޮންމެވެސް ކޮމެޑިއަނެއް އެކްޓަރަކާއެކު ނެށުމެވެ. މި ޝޯވގެ ޖަޖުންގެ ޕެނަލް އެކުލަވާލަމުންދާ އިރު، އެއް ޖަޖަކީ ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ ކަމަށް މިހާރު ވަނީ ނިންމާފަ އެވެ.

ސްޓާރ ޕްލަސްއިން ދެއްކި “ނަޗްބަލިޔޭ” އަދި 2010 ވަނަ އަހަރު ދެއްކި “ޒަރާ ނަޗްކެ ދިކާއޯ” ފަދަ އެތައް ޝޯވތަކުގެ ޖަޖުކަން ކޮށްފައިވާ ޝިލްޕާ މިހާރުވެސް އަންނަނީ “ސުޕަރ ޑާންސަރ 4′ ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުން ނެވެ.

ޒީ އިން މި ފަށާ އައު ޝޯގައި ބައިވެރިވުމަށް ދަޢުވަތު ދީފައިވާ ކޮމެޑީއަންސްގެ ތެރޭގައި ޢަލީ އަސްގަރު، ސުގަންދާ މިޝްރާ، ރާޖްޕަލް ޔާދަވް، ބަލްރާޖް ސެއިލް އަދި ގޯރަވް ދޫބޭ ހިމެނެއެވެ.

މީގެ އިތުރުން ކޮމެޑީއަނުންނާއި ބައިވެރިވާން ސޮއިކޮށްފައިވާ އެކްޓަރުންނަކީ ޕުނީތު ޕަތާކް، ޝުވެތާ ތިވާރީ، ޝްރެޔާޝް ތަލްޕެޑޭ، ޖޭސްމީން ބާސިން އަދި އަދިތްޔާ ނާރަޔަން އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.