ޚަބަރު ފީތާ

ޔޫރޯ 2020: އެރިކްސަންގެ ހާލު ރަނގަޅު: ޔޫއެފާ

މިރޭ ކުޅެމުން ދިޔަ ގުރޫޕް ބީގެ ޑެންމާކް އަދި ފިންލެންޑް ބައްދަލުކުރި މެޗުގައި ހޭނެތިގެން ދަނޑުމަށްޗަށް ވެއްޓުނު ޑެންމާކްގެ މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަންގެ ހާލު ރަނގަޅު ކަމަށް ޔޫއެފާއިން ބުނެފި އެވެ.

ޔޫއެފާއިން ބުނީ އެރިކްސަންއަށް މިވަގުތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ރަނގަޅު ވަމުން އަންނަކަމަށެވެ.

އެރިކްސަން ހޭނެތިގެން ދަނޑުމަށްޗަށް ވެއްޓުނީ ޑެންމާކް އަދި ފިންލެންޑް މިރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ގާތްވެފައި ވަނިކޮށް މެޗުގެ 43 ވަނަ މިނެޓުގަ އެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއި އެކު15 ވަރަކަށް މިނެޓުވަންދެން އޭނާއަށް ސީޕީއާރު ދީފައިވެއެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއި ގުޅިގެން ޑެންމާކާއި ފިންލެންޑް ކުޅެމުން ގެންދިޔަ މެޗު ކުރިޔަށް ނުގެންގޮސް ވަނީ ހުޢްޓާލާފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޔޫރޯ 2020: އެރިކްސަންގެ ހާލު ރަނގަޅު: ޔޫއެފާ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.