ޔޫރޯ 2020: ވޭލްސް އާއި ސްވިޓްޒަލެންޑުގެ ކުރިމަތިލުން އެއްވަރު ވެއްޖެ

މިހާރު ފެށިގެން ކުރިޔަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރޭ ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ގުރޫޕު އޭގައި ހިމެނޭ ސްވިޒަލެންޑާއި ވޭލްސް ބައްދަލުކުރި މި މެޗު އެއްވަުވީ 1-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އަޒަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސްޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، މެޗުގެ ފަހު ހާފު ފެށުނު ތަނާހެން ސްވިޒްލޭންޑުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރީލް އެމްބާލޯ އެވެ. މި ލަނޑަށް ފަހު ވޭލްސްގެ ކުޅުންވެސް ރަނގަޅު ކުރިއިރު، އެޓީމުން ވަނީ ސްވިޒަލެންޑުގެ ޑިފެންސްލައިނަށް ބާރުބޮޑުކޮށް އެޓީމުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ވޭލްސްއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖޯ މޮރެލްގެ އެހީތެރިކަމާއިއެކު އެޓީމަށް ކާމިޔާބު ކޮށްދިނީ މޯ އެވެ.

ދެޓީމުްވެސް މެޗުގެ ނަތީޖާ އެއްވަރުކުރި އިރު، މި މެޗުގެ ކުޅުން ވަނީ އިތުރަށް ފޯރިގަދަވެފައެވެ. އެގޮތުން ދެޓީމުްވެސް ނަތީޖާ ބަދަލުކޮށްލެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ. އެގޮތުން މެޗު ގެ އެންމެ ފަހު ވަގުތު ކޮޅު ސްވިޓްޒަލެންޑްގެ މާރިއޯ ގަވްރަނޮވިޗް ވޭލްސްގެ ގޯލަށް ބޯޅައެއް ވައްދާލިއެވެ. ނަމަވެސްވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާ އެ ލަނޑު ރިޖެކްޓް ކުރިއެވެ.

ގުރޫޕް އޭގެ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ އިޓަލީއާއި ތުރުކީއެވެ. މި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އިޓަލީންނެވެ. އެހެން ކަމުން މި ގްރޫޕްގެ އެއްވަނައިގައި މިވަގު އޮތީ ރޭ ލިބުނު ތިން ޕޮއިންޓާއި އެކު އިޓަލީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.