މިވަގުތަކީ އެމްޑީޕީގެ ލީޑަރުން ތެދުވެ އެއްބައިވާންވީ ވަގުތު: ރީކޯ މޫސަ
މިވަގުތަކީ އެމްޑީޕީގެ ލީޑަރުން ތެދުވެ އެއްބައިވާންވީ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އަކީވަރަށްހާލުގަ ވަރަށްދަތި އުނދަގޫތައް ގިރާކޮށް މިހިސާބަށް އައި ޕާޓީއެއް ކަމަށެވެ. އަދި އެއިން ކޮންމެފަހަރަކު ޕާޓީގެ ލީޑަރޝިޕްގެ ހަރުދަނާ ކަމުން ޑީއާރުޕީ އަށްވީހެންނުވެ އޮތީ ކަމަށެވެ.
އެމްޑީޕީ ހަލާކުވެތިދަނީ ޕާޓީގެ ލީޑަރޝިޕް ފެއިލްވީމަކަން ފާހަގަ ކުރައްވާ ރީކޯ މޫސަ ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން ޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފް ޒިންމާ ނުނަގާ، ވަކިފަރާތަކަށްޖެހޭތީ ޕާޓީގެ ލީޑަރާއި ރައީސް އަދި ނައިބު ރައީސްގެ ބުރަމަސައްކަތް ފުނޑިގެންދާ ކަމުގެ ތުހުމަތުތަކެއް މޫސަ ވަނީ ކުރައްވާފަ އެވެ.
MDPއަކީވަރަށްހާލުގަ ވަރަށްދަތި އުނދަގޫތަށް ގިރާކޮށް މިހިސާބަށްއައި ޕާޓީއެއް އޭން ކޮންމެފަހަރަު ޕާޓީގެލީޑަޝިޕްގެހަރުދަނާ ކަމުން DRP އަށްވީހެންނުވެއޮތީ މިވަގުތަކީ ލީޑަރުންތެދުވެ އެއްބައިވާންވީ ވަގުތު@ibusolih @MohamedNasheed @abdulla_shahid @MariyaDidi @HassanLatheef
— Moosa Maniku (Reeko) (@ReekoMoosa) June 12, 2021
އެމްޑީޕީ އުފެދުނީއްސުރެ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި އެޕާޓީގެ އިސް މަގާމު އަދާކުރައްވާފައިވާ ރީކޯ މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ މަސައްކަތް ދެބައިވެފައިވާ ކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެފައިވާ ވަގުތެއްގަ އެވެ.
އެކަން ވާން ޖެހުނު ސަބަބަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީ އެކަހެރިކޮށް ވެރިކަން ހިންގަން އުޅުން ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ މަސައްކަތް ދެބައިވީ ޕާޓީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ ކަަމަށް އޭނާ ވިދާޅުވެފައިވާ އިރު، ރައީސް ނަޝީދު ވެސް ވަނީ ބަހުގެ ޙަމަލާތައް ބިގޭއަށް ދެއްވާފަ އެވެ.
މޫސަޔަކީވެސް ނުހައްގުން މުއްސަނދިވާން ގަދައަޅާ މަސައްކަތްކުރާމީހެއް. ކޮންމެ ސަރުކާރަކުންވެސް ނުފޫޒު ބޭނުންކޮށްގެން ލިބެންއޮތްވަރަކަށް ނާޖާއިޒުފައިދާ ނަގަމުންދަނީ. އަދި އެކަންކަން އެހެރީ ބެލީމާ ފެންނަން.
Thiyaee thedhufulheh ekaku anekakah eteykudhinunhuttai ogaatheri paateegegothugai vaahakadhakkaigen hallukuran furusathudhee