ކެލިފޯނިއާގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ހުޅުވާލަން ނިންމައިފި
ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ފަހު، ކެލިފޯނިއާ ޢާންމުކޮށް ހުޅުވާލަން ނިންމައިފި އެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ގައުމު ޢާންމުންނަށް ހުޅުވާލުމަށް ނިންމާފއިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ ފާއިތުވި 14 މަސްދުވަހު އެގައުމުން ކޮވިޑަށް ޕޮޒިޓިވް ވި ޢަދަދު މަދުވާން ފެށުމުން ނެެވެ.
މީގެ އިތުރުން ކޮވިޑުގެ ސަބަބުން އެގައުމުގެ އިގްތިސޯދު ހީނަރުވަމުންދާތީ، އެކަމުން އަރައިގަތުމަކީ ވެސް ފިޔަވަޅުތައް އުވާލި ސަބަބެއް ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
ކޮވިޑުން އަރައިގަތުމަށް އެގައުމުގެ އެންމެނަށް ވެކްސިން ދިނުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން ބޮޑު މަސައްކަތެއް ކުރަމުން އަންނަ އިރު، އާބާދީގެ 80 އިންސައްތަ އާގާތްކުރާ އަދަދަކަށް ވެކްސިން ދީފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ވަނީ ބުނެފަ އެވެ.