ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ސައުދީ ރަސްގެފާނާއި ވަލީއަޙްދު މެކްރޮންއަށް މަރުހަބާ ކިޔައިފި

ފްރާންސްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެވަނަ ފަހަރަށް އެޤައުމުގެ ރައީސްކަމަށް ރައީސް އިމަނުއެލް މެކްރޮން ހޮވިވަޑައިގަތުމުން، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންއާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ރައީސް މެކްރޮންއަށް މަރްޙަބާ ކިޔައިފިއެވެ.

މެކްރޮން ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ފާއިތުވި އާދީއްތަ ދުވަހު އެޤައުމުގައި ބޭއްވި އިންތިޚާބުގައި މަރީން ލެޕެންއާއި ވާދަކޮށް ބަލިކޮށްގެންނެވެ. ސައުދީގެ ރަސްމީ ނޫސް އޭޖެންސީ ކަމުގައިވާ ސައުދީ ޕްރެސް އޭޖެންސީ (އެސް.ޕީ.އޭ) ގައި ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ އިންތިޚާބުން މެކްރޮން ކާމިޔާބު ވުމުން ރަސްގެފާނާއި ވަލީއަޙްދު މެކްރޯންއާއި ފްރާންސްގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުވާފައި ވަނީ ހޯމަދުވަހުއެވެ.

އިޝްތިހާރު Below Header ad

ލުބްނާންއަށް ދިމާވެފައިވާ އިޤްތިސާދީ މައްސަލަތައް ޙައްލު ކުރުމުގައާއި އަދި އެނޫންވެސް މެދުއިރުމަތީގެ ބައެއް މައްސަލަތަކާއި ބެހޭގޮތުން މީގެ ކުރިން ވެސް މެކްރޯން ވަނީ ސައުދީ ސަރުކާރާއެކު މަޝްވަރާކޮށް، މައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކޮށްފައި ކަމަށް އެސް.ޕީ.އޭއިން ބުނެފައިވެއެވެ. އަދި ގަލްފު ޓުއަރއެއް ގައި ފާއިތުވި ޑިސެމްބަރ މަހު ސައުދީއަށް ވެސް މެކްރޮން ވަޑައިގެންފައި ވެއެވެ. މިއީ 2018 އަށް ފަހު ދުނިޔޭގެ އިސް ލީޑަރެއް ސައުދީއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކަނާތުފިޔައިގެ ކެންޑީޑޭޓް ލެޕެންއާއި ވާދަކޮށް މެކްރޮން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ 57 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އިންތިޚާބުން ލެޕެން މޮޅުވިނަމަ ފްރާންސްގެ ސިޔާސީ މަސްރަޙައް ހީނުކުރާ ވަރުގެ ގުޑުމެއް އައީސް ކަމަށް ސިޔާސީ ގިނަ މުފައްކިރުން ދެކެއެވެ. އިންތިޚާބު ކާމިޔާބު ވުމުން ދެއްވި ޚީތާބުގައި މެކްރޮން ވިދާޅުވެފައި ވަނީ، ގިނަބަޔަކު އޭނާއަށް ވޯޓު ދިނީ ކަނާތުފިޔައިގެ މެމްބަރުން ޤައުމުގެ އިސް ބާރުތަކާއި ވީހާވެސް ދުރުގައި ބަހައްޓަން އެންމެންވެސް ބޭނުންވާތީ ކަމަށެވެ. އަދި އެއީ މެކްރޮން އަށް ސަޕޯޓު ކުރާތީ ނޫންކަން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

މެކްރޮންގެ ޚިތާބުގައި އޭނާއަށް ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައިވެއެވެ. އަދި އަންނަން އޮތް އަހަރުތަކަށް ވެސް ރައްޔިތުންނަށް އޭނާ ދަރަނިވެރި ވެއްޖެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ފްރާންސްގެ އެއްވެސް ރައްޔިތަކު އެކަހެރިކޮށް އެއްފަރާތް ނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮންގެ ވާހަކައިގައި މިހެން ބުނެފައިވި ނަމަވެސް އެޤައުމުގައި މުސްލިމުންނާއި ދެކޮޅަށް އެތައް ކަންތައްތަކެއް ކޮށް އެތައް ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން މުސްލިމް ކަނބަލުން ޙިޖާބް އެޅުން މަނާ ކުރުމާއި ޙިޖާބް އަޅާ ކަނބަލުން ބޮޑު އަދަދުން ޖޫރިމަނާ ކުރުން، އަދި ނަބިއްޔާއަށް ފުރައްސާރަކޮށް މަލާމާތްކޮށް ކާޓުން ކުރެހުމާއި އެފަދަ މީހުންނަށް ހިމާޔަތްދީ އަދި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި އެފަދަ ކާޓޫން ކުރެހުމުގެ މުބާރާތްތައް ބޭއްވުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.