ދިވެހީންގެ އެހީއާއި ދެކޮޅަށް އިސްރާއީލުން ބޮމުގެ ޙަމަލާ ދީފި!

އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާ އަށް ދެމުން ގެންދާ ޙަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ދިވެހި ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ގުދަނަކަށް މިއަދު ބޮމުގެ ހަމަލާއެއް ދީފި އެވެ.

އައިއޭސީ އިން ބުނީ، ފަލަސްތީނުގެ މީހުންނަށް އެހީގެ ގޮތުގައި ގެންގޮސްފައި ހުރި ގިނަ ޢަދަދެއްގެ ސާމާނަށް އެ ޙަމަލާގައި ގެއްލުން ލިބުނު ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ގުދަނުގައި ބަހައްޓާފައި ހުރި 2،000 ބްލެންކެޓާއި 1،000 ފުޑް ޕެކާއި 3،000 އަންނައުނު ޕެކް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ހާމަކުރެއެވެ.

މީގެ އިތުރުން އައިއޭސީގެ މުވައްޒަފުން ދަތުރުކުރަމުންދިޔަ ކާރަކަށް ވެސް އިސްރާއިލުން ހަމަލާދިން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ނަމަވެސް އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އިސްރާއިލުން މިހާރު ޣައްޒާ އަށް ދެމުން ދަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މި މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި، ޓެރަރިސްޓް އިސްރާއިލްގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 2،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފަ އެވެ. އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހި، ގެދޮރު ގެއްލިފައި ވެ އެވެ.

ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢާއްމު ރައްޔިތުނަ ދަނީ، އެމީހުންގެ ސަރުކާރުތަކުން އަސްކަރިއްޔާ ފޮނުވައި އިސްރާއީލަށް ޙަމަލާދީ އިސްރާއީލު ނައްތާލުމަށް ގޮވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.