ސަޢުދީ ޢަރަބިއްޔާގައި ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ސަޢުދީ ޢަރަބިއްޔާގައި ބާއްވާ 43 ވަނަ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެ މުބާރާތަކީ ސައުދީ ޢަރަބިއްޔާގެ މައްކާގައި، އަންނަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓްމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތެކެވެ.
އެ މުބާރާތުގައި ރާއްޖެއަށް ބައިވެރިވުމަށް ލިބިފައިވަނީ 2 ފުރުސަތެވެ. އެ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ޝަރުތަކުގެ ތެރޭގައި ހަތަރު ކަމެއް ވަނީ އިއުލާންގައި ފާހަގަ ކޮށްފައެވެ.
މުބާރާތުގައި ބައިވެރިވުމުގެ ޝަރުތަކުގެ ތެރޭގައި ޤުރްއާން އެއްކޮށް ޙިފްޒުކޮށްފައިވުމާއެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާޠިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ 7 ޤިރާއަތަށް ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުމާއި، މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ޤުރްއާނުގެ މުފްރަދާތުތަކުގެ ތަފްސީރު އެނގުމާއި،  ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމުގެ އިތުރުން ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދުމަގުން ކިޔެވުމުގެ ގޮފި ކަމަށްވެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެފައި ވަނީ އެ މުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ހަމަ އެކަނި 25 އަހަރު ފުރިފައިނުވާ ފިރިހެނުންނަށް ކަމުގައި ވެސް ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަވުމަށް ބޭނުންވާ ލިޔުންތައް ޖޫން މަހުގެ 6 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހޭކަމަށް ބުނެފައިވެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނެފައިވަނީ އެ މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައިކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.