ޚަބަރު ފީތާ

ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އިން ޔޫރޯ މުބާރާތް ބަލަައިލެވޭނެ ގޮތް ދިރާގުން ހަދައިފި

ދިރާގު ޓީވީ އާއި ދިރާގު ޕްލޭ އިން ޔޫރޯ މުބާރާތް ބަލަައިލެވޭނެ ގޮތް ދިރާގުން ހަދައިފި އެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފުޓުބޯޅަ ފޭނުން މި މުބާރާތައް ތައްޔާރުވަމުންދާއިރު، ޔޫ.އީ.އެފް.އޭ ޔޫރޯ 2020 ގެ ހުރިހާ “ހައި ޑެފިނީޝަން (އެޗްޑީ)” ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަމަށެވެ.

އެގޮތުން ސޮނީ ޓެން 2 އެޗް.ޑީ އަދި ލޯކަލް ބްރޯޑްކާސްޓަރ ރާއްޖެޓީވީ އިން ބަލައިލެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ދިރާގުން ބުނީ ދިވެހިންނަކީ އާދަކާދައިގެ ގޮތުން ކެފޭތަކާއި ހިސާބުގަނޑުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރައްޓެހިންނާއި އާއިލާ އާ އެކު ފުޓުބޯޅަ ބަލަމުންދިޔަ ބައެއް ކަމަށެވެ. ނަމަވެސް، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިވަނީ ގޭގައި ރައްކާތެރިކަމާއެކު ޓީވީގެ ޒަރިއްޔާއިން މެޗްތައް ބަލަން ޖެހިފައި ކަމަށެވެ.

އެ ކުންފުނިން ބުނީ ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ގޭގައި ރައްކާތެރިކަމާއެކު ބަލާލެވުމުގެ އިތުރުން މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ. އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް، ޖީއެސްޓީ އައި ނުލާ މަހަކު އެންމެ 65 ރުފިޔާއަށް ޔޫރޯ 2020 އާއި މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ބަލައިލެވޭނެ ކަމަށެވެ.

މީގެ އިތުރުން ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ޚަރަދެއް ނުހިނގާ ބަލައިލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

“ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން މިވަނީ ގިނަ އޮފަރ ތަކެއް ތައާރަފުކޮށްފަ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން އިތުރު 50% ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެ. އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން “އަމިއްލަ ޓީވީ” އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ޔޫރޯ ބަލައިލެވޭނެ.” ދިރާގުން ބުންޏެވެ.

ޔޫރޯ 2020 ގެ މެޗުތައް ފަށަން ހަމަ ޖެހިފައިވަނީ 12 ޖޫން (މިރޭ) ރާއްޖެ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ަކަމަށް އެ ކުންފުނިން ބުނެ އެވެ.

Like
Like Love Haha Wow Sad Angry