ބޮޑު ޗުއްޓީ ރޯދަމަހަށް

އަންނަ މަހު 26 ގައި ފަށާ 2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރު މާޗުގައި ނިމޭ ގޮތަށް އަދި ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް ދިރާސީ އަހަރުގެ ކަލަންޑަރު ހަދައިފި އެވެ.

މިއަދު މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި “ފައިނަލް” ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.

އިޝްތިހާރު Below Header ad

އޮކްޓޫބަރު 6 ގައި ދެވަނަ ޓާމުގެ ކިޔެވުން ފަށައި އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ބޮޑު ޗުއްޓީ ނިންމައި 2025 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޭޕްރީލް 6 ގަ އެވެ. ޓީޗަރުން ނުކުންނަން ޖެހޭ ދުވަސް ކަމަށް އޮތީ އޭޕްރީލް 3 އެވެ.

އަންނަ އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަސް ކަމަށް ކަލަންޑަރުގައި އޮތީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ. އެއީ މާޗް 21 އިން އޭޕްރީލް 2 އަށެވެ.

ދިރާސީ އާ އަހަރު ފެށުން، ކުރިން އޮތް ގޮތަށް 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީއަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.