‘ސުޕަރ މެޖޯރިޓީ’ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ‘ސުޕަރ މެޖޯރިޓީ’ ބޭނުންކޮށްގެން އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވަނީ މި ސަރުކާރުން ‘ސުޕަރ މެޖޯރިޓީ’ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ތަރައްޤީ ގެނައުންކަމުގައި ހީނާ ވަލީދު ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad

އީސީން އިއުލާންކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރިއެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ގޮނޑި ހޯދި ހަތް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެހެންކަމުން އެ ޕާޓީގެ 73 އިންތިހާބީ މެންބަރުން އެބަތިއްބެވިއެވެ.

ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް، އެމްއެންޕީއަށް ގޮނޑިއެއް، އަދި އެމްޑީއޭއަށް ދެ ގޮނޑި ލިބުނެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ 77 އިންތިހާބީ މެންބަރުން 20 ވަނަ މަޖިލީހުގައި މިހާރުވެސް އެބަތިއްބެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.