އިނިގިރޭސި ލީގުކަޕްގައި މިރޭ ވަރުގަދަ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރިމަތިލުމަށް މިހާރުވެސް ގިނަބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.
މި ދެޓީމުގެ ކުރިމަތި ލުމަކީ ގިނަބަޔަކު ބަލާލާހިއްވާ ފޯރިގަދަ ކުރިމަތި ލުމަކައްވެގެން ދެއެވެ.
އެގޮތުން މިރޭގެ މެޗަކީވެސް ފޯރި އިތުރަށް ގަދަވެގެންދާނެ މެޗެކެވެ.
މި ދެޓީމު މިރޭގެ މެޗަށް ނިކުންންއިރު ދެޓީމަށްވެސް ވަނީ މައްސަތަކެއް ކުރިމަތިވެފައެވެ.
އެގޮތުން މެންޗެސްޓާ ޔުނައިޓެޑު ވަނީ އެންމެ ފަހުން ލީގުގައި ކުޅުނުމެޗުން ޗެލްސީއަތުން ތަފާތު ބޮޑުކޮށް ބަލިވެފައެވެ. ޔުނައިޓެޑު ޗެލްސީއަތުން ބަލިވީ 0-4 ގެ ނަތީޖާއިންނެވެ. ހަމަ އެގޮތަށް ސިޓީވެސް ވަނީ އެންމެ ފަހުން ޗެމްޕިއަންސްލީގުގައި ބާސާއާ ދެކޮޅަށް ކުޅެ ތަފާތުބޮޑުކޮށް ބަލިވެފައެވެ.
އޭގެ ފަހުން ލީގުގައިވެސް އެންމެ ފަހުން ސައުތެމްޕްޓަންއާ އެކޮޅަށް ކުޅުނު މެޗުންވެސް އެޓީމަށް ވަނީ މޮޅުވެވޭގޮތް ނުވެފައެވެ. ސިޓީ ކުޅުނު ފަސްމެޗުންވެސް މޮޅެއް ހޯދިފައި ނުވާއިރު މިރޭގެ މެޗުގައި އެޓީމަށް އިތުރު އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުމަކީ ކައިރި ކަމެކެވެ.
މި މެޗުތަކުން ބަލިވުމުގެ އަސަރު އަދިވެސް ދެޓީމަށްވެސް ވަނީކޮށްފަކަމަށް ގަބޫލް ކުރެވޭއިރު މިރޭގެ މެޗަށް ނިކުންނައިރު ދެޓީމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްބެލެވެއެވެ.
މިރޭ ޔުނައިޓެޑާ ދެކޮޅަށް ސިޓީ ނިކުންނައިރު އެޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކީޕަރު ކްލައުޑިއޯ ބްރާވޯގެ ބަދަލު މިރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ސިޓީގެ ގޯލް ބަލަހައްޓާނީ ވިލީ ކަބެލެރޯ އެވެ. މީގެ އިތުރުން ކެވިން ޑެބުރޫން އާއި ބަކާރީ ސަންޔާ އަދި ޕަބްލޯ ޒަބަލެޓާވެސް މިރޭގެ މެޗުގައި ނުކުޅޭނެއެވެ. މި ކުޅުންތެރިންނަށް ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ.
މީގެއިތުރުން މެންޗެސްޓާ ސިޓީ ކޯޗު ޕެޕް ގާޑިއޯލާ މިރޭގެ މެޗަށް އެކުލަވާލި ޓީމުގެ ފުރަތަމަ އެގާރައިން ޑޭވިޑް ސިލްވާ ، ސާޖިއޯ އަގުއޭރޯ ، ޖޯން ސްޓޯން ގެ އިތުރުން ފެނާންޑީނިއޯވެސް ހިމަނާފައެއް ނުވެއެވެ.
އޭގެ ބަދަލުގައި މިރޭގެ މެޗަށް ނަގާފައިވާ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންނަކީ :