އިނގިރޭސީ ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި އާސެނަލް މޮޅުވެ މުބާރާތުގެ ކްއާޓާ ފައިނަލް ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު މެޗުން ޓޮޓެންހަމް އަތުން ލިވަޕޫލް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. އަދި އާސެނަލް މޮޅުވީ ރީޑިންގް އާއި ބައްދަލުކޮށް 0-2 ގެ ނަތީޖާއިންނެވެ.
ލިވަޕޫލާއިގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ލަނޑުޖަހާ ކުރި ހޯދީ ލިވަޕޫލުންނެވެ. ލިވަޕޫލަށް ދެ ލަނޑުވެސް ޖަހައިދިނީ އެޓީމުގެ ފޯވާޑްޑެނިއަލް ސްޓަރީޖެވެ. ޓޮޓެންހަމް އިން ހަމަ ހަމަ އެކަނި ލަނޑު ޖަހައިދިނީ ޔެންސަން އެވެ. އެ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި މެޗުން ލިވަޕޫލް މޮޅުވި އިރު ނަތީޖާ ބަދަލުކޮށްލާނެ ހުސް ފުރުސަތުތައް ޓޮޓެންހަމް އަށް ދެ ހާފުގައި ވެސް ލިބި ބޭކާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރީޑިންގް އާއި އާސެނަލް ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބުކުރިއިރު މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޗެމްބަލައިން އެވެ. އިނިގިރޭސި ލީގް ކަޕްގައި މިރޭ ވެސް ފޯރިގަދަ މެޗްތަކެއް ކުޅޭނެ އެވެ. ކްއާޓާފައިނަލްގެ ގުރު އެނގޭނީ މިރޭގެ މެޗްތަކަށް ފަހު އެވެ.
މިރޭގެ ކުޅޭ މެޗުތަކަށް ބަލާއިރު ސައުތެމްޕްޓަން އަދި ސަންޑަލޭންޑް ބައްދަލުކުރާ މެޗާއި ވެސްޓްހަމް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާ މެޗު ފަަށާނީ މިރޭ 11:45 ގައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުން ފަށާނީ މިރޭ 12:00 ގައެވެ.