ދިލިޕް ކުމާރު އަދިވެސް އޮތީ އައިސީޔޫގެ ވޯޑެއްގަ: ޝާއިރާ ބާނޫ

ބޮލީވުޑް ލެޖެންޑަރީ އެކްޓަރ ދިލިޕް ކުމާރު އަދިވެސް އޮތީ އައިސީޔޫގޭ ވޯޑެއްގައި ކަމަށް އޭނާގެ އަންހެނުން ޝާއިރާ ބާނޫ އާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.

ޝާއިރާ ބާނޫ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ދިލިޕް ގެ ހާލު އަންނަނީ ރަނގަޅުވަމުން ނެވެ. ނަމަވެސް އަދިވެސް އޮތީ އޮކްސިޖަން ގުޅާފައި ކަމަށެވެ.

އިޝްތިހާރު Below Header ad

ޢުމުރުން98 އަހަރުގެ ދިލިޕް ކުމާރަށް ނޭވާލާން އުނދަގޫވެ ސިއްޙީ ހާލަތު ގޯސްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މި މަހުގެ6 ވަނަ ދުވަހު އެެވެ. އޭނާ އެޑްމިޓްކޮށްފައިވަނީ މުންބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގަ އެވެ.

YouTube player

ބައިލޭޓަރަލް ޕްލިއުރަލް އެފިއުޗަން ގެ މައްސަލަ ކުރިމަތިވެގެން ފަރުވާދެމުން އަންނަ ދިލިޕް ކުމާރަކީ 60 އަށްވުރެން ގިނަ އަހަރު ވަންދެން ބޮލީވުޑްގައި ’ޓްރެޖެޑީ ކިންގް’ގެ ގޮތުގައި މަޝްހުރުވެފައިވާ އެކްޓަރެކެވެ.

އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން މުޣަލް-އޭ-އާޒަމް، ގަންގާ ޖަމުނާ، ކްރާންތީ އަދި ކަރްމާ އަކީ މިހާރުވެސް ގިނަބައެއްގެ މެދުގައި މަގުބޫލު ފިލްމު ތަކެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”ގިލާ“ އިންނެވެ. ދިލިޕް ކުމާރަށް 1994 ވަނަ އަހަރު ދާދާސާހަބް ޕަލްކޭ އެވޯޑް ލިބިފައިވާ އިރު، 2015 ވަނަ އަހަރު ޕަދްމާ ވިބޫޝަން އެވޯޑް ވެސް ވަނީ ލިބިފަ އެވެ.

ދިލިޕް ކުމާރުގެ ހަޔާތުގެ ބައިވެރިއަކީ މަޝްހޫރު އެކްޓްރެސް ޝާއިރާ ބާނޫ އެވެ.

YouTube player

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.