މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަން ފަށައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަން ފަށައިފި އެވެ.

މާލޭ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މަސައްކަތް ނިމެންވާ އިރަށް، އެތަން ބަލަހައްޓާނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މޭަޔަރު ވިދާޅުވީ ސިނާއީ ސަރަހައްދު ތަރައްގީ ކުރުމަށް ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކާއެކު އެއްބަސްވުން ތަކެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިސަރުކާރު އައިފަހުން އެތަނުގައި އެއްވެސް ތަރައްގީއެއް ހިންގާފައި ނުވާ ކަަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

2016 ވަނަ އަހަރު މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުން 6.9 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކައި ހެދި އިންޑަސްޓްރިއަލް ވިލެޖަކީ ގިނަ ޢަދަދަކަށް މީހުން އެކި ބޭނުންތަކުގައި ގޮސްއުޅޭ ތަނެކެވެ.

އެގޮތުން ކަސްރަތު ކުރުމަށާއި ހިތްހަމަ ޖައްސާލުމަށާއި ފިނި ވައި ޖައްސާލުމަށް ވެސް އެ ސަރަހައްދަށް ދާ މީހުން މަދެއް ނޫނެވެ.

ނަމަވެސް މި ފަހަކަށް އައިސް އެ ސަރަހައްދަކީ ކުނިގޮނޑަކަށް ވެސް ‘ހަޑި’ ތަނަކަށް ވަނީ ވެފަ އެވެ.

މި ސަރަހައްދަކީ އުދަ އަރާ ދުވަސްތަކުގައި ލޮނުގެ އަސަރު ވަރަށް ބޮޑަށް ކުރާ ސަރަަހައްދަކަށްވެފައި، އެތަނުގައި ހުންނަ އެކި ޒާތުގެ ކުނިތައް ލޮނާ އެކު ތަޣައްޔަރު ވެ، ކުނި ވަހުން މުޅި ސަރަހައްދު އެއްވަސް ވެފައިވާތާ ޒަމާންތަކެއް ވަނީ ވެފަ އެވެ.

މީގެ އިތުރުން ގިނަ ޢަދަދެއްގެ ވެހިކަލްތައް ވެސް އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުންނަތާ އެތައް ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި އޭގެތެރެއިން ގިނަ ތަކެތި މިހާރުވަނީ ހަލާކުވާން ފަށާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.