ސާޖިއޯ ބުސްކެޓް ކޮވިޑަށް ޕޮޒިޓިވްވެ ގައުމީޓީމާއި ދުރަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ގައުމީޓީމުގެ  ކެޕްޓަން އަދި މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ސާޖިއޯ ބުސްކެޓް ޕޮޒިޓިވްވިކަން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ކަށަރަުކޮށްދީފައިވާއިރު، ބުސްކެޓްސް ޕޮޒިޓިވްވީ މާދަމާ ރޭ ސްޕެއިނުން ލިތުއޭނިއާއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗުގެ ކުރިން ހެދި  ޓެސްޓްތަކުންނެވެ.

އިޝްތިހާރު Below Header ad

ބުސްކެޓް ޕޮޒިޓިވްވެ ޓީމުން އެކަހެރިވާ ޖެހުނުއިރު، ޔޫރޯ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި މަހު 14 ވަނަ ދުވަހު  ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ކުޅެވުމުގެ ފުރުސަތު ކުޑަކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މާދަމާ ރޭ ލިތުއޭނިއާއާ ދެކޮޅަށް ސްޕެއިން ކުޅެން އޮތް އެކުވެރިކަމުގެ މެޗުގެ ކުރިން ސްޕެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިން ޓެސްޓްކުރިއިރު ބުސްކެޓް ފިޔަވާ ދެން އެހެން ކުޅުންތެރިންގެ ޓެސްޓުތައް ވަނީ ނެގަޓިވްވެފައެވެ.

ނަމަވެސް ބުސްކެޓްސް ޕޮޒިޓިވްވުމާ އެކު އޭނާއާ ކޮންޓެކްޓްވި ފަސް ކުޅުންތެރިއަކާއި ދެ އޮފިޝަލަކު ވަނީ އައިސޮލޭޓްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.