އެސްޓީއޯ އިން ރާއްޖެއަށް ގްރީން ކޮންކްރީޓް ތަޢާރަފް ކުރަނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ގްރީން ކޮންކްރީޓް ތަޢާރަފް ކުރަން ނިންމައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ބުނީ “ތިމާވެއްޓާއި ރަހުމަތްތެރި އެ ކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކާބަންޑަ އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް” ކަމަށެވެ.

އިޝްތިހާރު Below Header ad

އާއްމުކޮށް އުފައްދާ ކޮންކްރީޓްތަކާއި ޚިލާފަށް ގްރީން ކޮންކްރީޓަކީ ގުދުރަތީ ބާވަތްތައް މަދުން ބޭނުންކޮށް، ރިސައިކަލް މާއްދާތައް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ބާޒާރަށް އެ ކޮންކްރީޓް ނެރެވޭނެކަަމަށް އުއްމީދުކުރާ ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެ ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯ ރެޑީމިކްސް ކޮންކްރީޓް ސަޕްލައިކުރާ ވެހިކަލްތައް ބޭނުން ކޮށްގެން ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ ސާމާނު ސަޕްލައިކުރާ އެސްޓީއޯ އިން މިހާރުވެސް ގެންދަނީ ތިމާވެއްޓާއި ރަހުމަތްތެރި އިމާރާތް ކުރުމުގެ ސާމާނު ވިއްކަމުން ނެވެ.

އެގޮތުން “ރެނާކޮން” ގައު ހިމެނެ އެވެ. މޫދުން ވެލިނަގައިގެން ރާއްޖޭގައި އުފައްދާ ގައު ތަކާ ޚިލާފަށް، ރެނަކޮން ގަލަކީ ރިސައިކަލް އާލާތްތައް ބޭނުންކޮށްގެން އުފައްދާފައިވާ “އީކޯ ފްރެންޑްލީ” ދަރަޖަ ލިބިފައިވާ ގަލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.