އަޝްފާޤު ކޮވިޑް-19 އިން ރަނގަޅުވެ މާދަމާ ގައުމީޓީމާއި ގުޅޭނެ

ރާއްޖޭގެ ގައުމީޓީމުގައި ހިމެނޭ އެންމެ އިތުބާރު ފޯވާޑް އަލީ އަޝްފާޤު ކޮވިޑް-19 އިން ރަނގަޅުވެ މާދަމާ ގައުމީޓީމާއި އަލުން ގުޅޭނެއެވެ.

މިކަން ހާމަކުރަމުން އަޝްފާޤު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ކޮވިޑް ބަލިން މިހާރު ރަނގަޅު ވެއްޖެ ކަމަށާއި އެގޮތުން މާދަމާ ގައުމީޓީމާއި އަލުން ގުޅޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“އަލްހަމްދުލިއްލާޙް. ކޮވިޑް-19 އަށް ހެދި ޓެސްޓުން މިއަދު ނެގެޓިވް. އިންޝާﷲ މާދަން ގައުމީޓީމާއި ގުޅޭނަން” އަޝްފާޤުގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.

އަޝްފާޤު ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަގައެވެ. އެގޮތުން އަޝްފާޤަށް ވަނީ ޑުބާއީގައި ކަރަންޓީނުވާން ޖެހިފައެވެ. އަޝްފާޤުގެ އިތުރުން ތޮއްޕޭވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެ ޑުބާއީގައި ކަރަންޓީނު ވާން ޖެހިފައެވެ.

ކޮވިޑް އަށް ފައްސިވެ ޑުބާއީގައި ކަރަންޓީނު ވާން ޖެހުމުގެ ސަބަބުން ކޮލިފައިންގައި ސީރިއާއާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އަޝްފާޤުއަށް ނުކުޅެވުނު ނަމަވެސް ދެން ރާއްޖެ ކޮލިފައިންގައި ކުޅެން ޖެހޭ ހުރިހާ މެޗެއްގައިވެސް އަޝްގާޤަށް ބައިވެރިވެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.