ބީއެމްއެލް ކާޑުން ކުރަންޖެހޭ މުހިންމުކަމެއް އޮތިއްޔާ އަވަހަށް ނިންމާ، ސިސްޓަމް މިރޭ އަޕްގްރޭޑް ކުރާނެ

ބީއެމްއެލް ކާޑު ސިސްޓަމް މިރޭ އަޕްގްރޭޑު ކުރާތީ، ކާޑު ބޭނުންކޮށްގެން ކުރާތީ، ބީއެމްއެލް ކާޑުން ކުރަންޖެހޭ މުހިންމުކަންކަން އަވަހަށް ކުރުމަށް ބީއެމްއެލް އިން ހަނދާންކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނީ އަޕްގްރޭޑުގެ މަސައްކަތް ކުރާނީ މިރޭ 10:00 އިން މާދަމާ ހެނދުނު 9:00 އާ ހަމައަށް ކަމަށެވެ.

އިޝްތިހާރު Below Header ad

“މި ވަގުތުތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކާޑުގެ ޚިދުމަތްތައް ހިމެނޭހެން އޭޓީއެމް އާއި ޕީއޯއެސް އާއި އެމްޕޮސް، އަދި މާޗަންޓް ޕޯޓަލް އާއި ޕޭމަންޓް ގޭޓްވޭ އަދި މޮބައިލް ޕޭގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ.

” އެ ބޭންކުން ބުންޏެވެ.

އަޕްގްރޭޑިންގެ މަސައްކަތްކުރުމަށް އެވަގުތު ކަނޑައެޅީ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިކަން ވީހާވެސް ބޮޑަކަށް ކުޑަވާނެގޮތް ބެލުމަށް ފަހުގައި ކަމަށް ވެސް ބީއެމްއެލް އިން ބުނެއެެވެ.

ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ ކުރިއަށް އޮތް ތަނުގައި ޚިދުމަތްތަކަށް މުހިންމު ބަދަލުތައް ގެނައުމުގެ ބޭނުމުގަ އާއި ބޭންކިންގ ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާ އެކު ޚިދުމަތް ދިނުމަށް ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ޚިދުމަތުގެ ފެންވަރު މިކަމުގެ ސަބަބުން ރަނގަޅުކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ކާޑު ސިސްޓަމް އަޕްގްރޭޑުކުރާ ވަގުތުތަކުގައި އިންޓަރނެޓް ބޭންކިންގ، މޮބައިލް ބޭންކިންގ ގެ ޚިދުމަތް ބޭނުންކޮށްގެން ފައިސާ ޓްރާންސްފަރ ކުރެވޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ މި މަސައްކަތް މާދަމާ ނިމުމުން ކުރިއެކޭ އެއްގޮތަށް މެދުކެނޑުމެއް ނެތި ކާޑުގެ ޚިދުމަތްތައް އަލުން ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.