ޚަބަރު ފީތާ

ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަން އިން ކުރަމުން އައި ދަތުރުތައް ހުއްޓާލައިފި

ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަން އިން ކުރަމުން އައި ދަތުރުތައް ހުއްޓާލައިފި އެވެ.

ގައުމީ އެއއަރލައިނުން ބުނީ މިދަތުރުތައް ހުއްޓާލާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ. އަދި އިތުރު ގޮތެއް އަންގަންދެން ޑާކާއަށް ދަތުރު ނުކުރާނެ ކަމަށެވެ.

މިގޮތަށް ނިންމާފައިވާތީ އެދުވަހަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓް މިއަދު މެންދުރު 2:25 ގައި ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިދަތުރުތައް ހުއްޓާލީ ބަންގްލަދޭޝްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ގައުމީ އެއަރލައިނުން ބުނެއެވެ.

ބަންގްލަދޭޝް އިން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކޮށްފައި ވާއިރު، އިއްޔެ އެކަނި ވެސް އެގައުމުން 1988 ކޭސް ރިޕޯޓް ކޮށް، 34 މީހަކު ވަނީ މަރުވެފަ އެވެ.

Like
Like Love Haha Wow Sad Angry