ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިސްލާޙާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ގެންނަންޖެހޭ ބަދަލުގެނެސް އެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށް ޢިއުލާންކޮށްފިއެވެ.
އެގޮތުން ސިޔާސީ ޕާޓީތަކާބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް އިނގިލީގެ ނިޝާން މެންބަޝިޕް ފޯމުގައި ނުޖަހާ މެންބަރުން ޕާޓީތަކުގެ ދަފުތަރުން އުނިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އަލުން އެކުލަވާލިއިރު ރާއްޖޭގެ އެންމެ ސައްޚަ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވެފައިވަނީ ޕީޕީއެމްއެވެ. އެޕާޓީގައި މިހާރު ޖުމްލަ މެމްބަރުންގެ އަދަދު ވަނީ 37،633 އަރާފައެވެ. ދެވަނައަށް އެންމެ މީހުން ގިނަ ޕާޓީއަކީ އެމްޑީޕީއެވެ.
މިގޮތުން ޢާއްމުކުރި ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
23 އޮކްޓޯބަރ 2016 ގެ ނިޔަލަށް ސިޔާސީ ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންގެ ޢަދަދު | ||
11 އޮކްޓޯބަރ 2016 ގެ ފަހުން ތިބި މެންބަރުންގެ ޢަދަދު | ސިޔާސީ ޕާޓީ | # |
37633 | ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް | 1 |
27805 | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ | 2 |
10989 | ޖުމްހޫރީ ޕާޓީ | 3 |
10584 | މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް | 4 |
7595 | ދިވެހިރައްޔިތުންގެ ޕާޓީއަދާލަތު ޕާޓީ | 5 |
3966 | ދިވެހިރައްޔިތުންގެ ޕާޓީ | 6 |
ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހާ އެއްގޮތަށް ޢަމަލުކޮށް އަލުން ޕާޓީތަކުގެ ދަފްތަރު ޢާއްމުކޮށްފައިވާއިރު އެދަފްތަރުން 33085 މެންބަރުން އުނިވެގެން ގޮސްފައިވެއެވެ. މި ފަރާތްތަކަކީ ބަޔާންކުރެވުނު އިސްލާޙާ އެއްގޮތަށް ދެވުނު މުއްދަތުގައި އިނގިލީގެ ނިޝާނާއެކު ކޮމިޝަނަށް ހުށަހަޅަންޖެހޭ ”ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދޭ ފޯމު“ އެ މުއްދަތުގެ ތެރޭގައި ހުށަނޭޅުމުގެ ސަބަބުން ޤާނޫނާ އެއްގޮތަށް ދަފްތަރުން އުނިވެފައިވާ މެންބަރުންނެވެ.
މި ބަދަލުތަކާއެކު 12 އޮކްޓޯބަރު 2016 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ ޖުމްލަ މެންބަރުންގެ އަދަދަކީ 98572 އެވެ.
ސިޔާސީ ޕާޓީތަކުގެ ގައިވައިދައް ގެނައި މި ބަދަލާއެކު ކުރިން ފައިސާ ދެމުން އައި ދެޕާޓީ ކަމުގައިވާ އަދާލަތު ޕާޓީއާ ޑީއާރުޕއަށް ބަޖެޓުން ފައިސާއެއް ނުލިބޭނެ އެވެ. މި ދެޕާޓީއަށް ބަޖެޓުން ފައިސާ ނުލިބެނީ ފަހުން ގެނައި އިސްލާހުގައި ވާގޮތުން 10،000 އަށް ވުރެ މެންބަރުން މަދު ޕާޓީތަކަށް ފައިސާ ނުލިބޭގޮތަށް އޮތުމުންނެވެ.