ދިރާގުގެ ހިލޭ ޑާޓާ އާއެކު ގޭގައި މަޑުކުރައްވާ، ރައްކާތެރިކަން ޚިޔާރު ކުރައްވާ!

ބަވަނަވެފައިވާ މި ދުނިޔޭގައި އިންޓަރނެޓާއިނުލާ އުޅުމަކީ މިހާރު ފަސޭހަކަމެއް ނޫނެވެ.

އެހެންކަމުން ރާއްޖޭގެ މުވާސަލާތީ އެންމެގިނަދުވަސްވީ ކުންފުނި، ދިރާގުން މިވަނީ ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރތަކެއް ދިރާގު ކަސްޓަމަރުންނަށް ހަމަޖައްސައިދީފަ އެވެ.

އިޝްތިހާރު Below Header ad

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްވަރު ދިރާގު ކަސްޓަމުންނަށް ދިން ވަރަށް އަގުހުރި ހަދިޔާ އެކެވެ.

ދިރާގުން ބުނީ މިއަދު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބިގެންދާ ޑޭޓާގެ އިތުރަށް އެއްވެސް ޚަރަދަކައިނުލާ ހިލޭ ޑޭޓާ މި ޖޫންމަހަށް ދީފައިވާ ކަމަށެވެ.

އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް %30 ހިލޭ އިތުރު ޑޭޓާ، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާއި ދެމެދުގެ ހިލޭ ޑޭޓާ ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް “ވަގުތުން ގެއަށް އިންޓަރނެޓް” ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސާއި ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30% ހިލޭ އިތުރު އެލަވަންސް މި މަހު ދީފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މިދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރަކަށް ވާތީ، އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މިދިޔަ މެއި 27 އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ނަންގަވާ ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް އިތުރު ހިލޭ ޑޭޓާ ދޭންފަށާފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.
  • މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުންވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާ އިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރަށްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެއެވެ.
  • ދިރާގު “ވަގުތުން ގެއަށް އިންޓަރނެޓް” ބޫސްޓަރ އެކްޓިވޭޓް ކުރަށްވައިގެން %100 އިތުރު އެލަވަންސް ލިބިގެންދާނެއެވެ.
  • ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރތަކުން 100% އިތުރު އެލަވަންސް ލިބިގެންދާނެއެވެ.
  • ދިރާގު ޕްރީޕެއިޑް “ވަގުތުން ގެއަށް އިންޓަނެޓް” ކަސްޓަމަރުންނަށް 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރަށްވާ ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެއެވެ.
  • ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އުތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

މީގެ އިތުރުން ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން 30 ޖޫން 2021 ގެ ކުރިން އެކްޓިވޭޓް ކުރައްވާ ޑޭޓާ އެޑް-އޮންތަކަށް 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެއެެވެ.

އެހެންކަމުން މިއީ ފަރުދީ ޒިންމާ އަދާކޮށް، ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ތިމާއާއި ޢާއިލާ އަދި އެންމެރައްޔިތުން ސަލާމަތްކުރަންވީ ވަގުތެވެ.

ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުންނަވާށެވެ. ގިނައިން އަތް ދޮންނާށެވެ. ގައިދުރުކަން އިޚްތިޔާރު ކުރައްވާ މާސްކް އަޅުއްވާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.